ތިބާފަދަ ރީތި މަޚްލޫޤެއް ލޮލެއް ދެކެފައި ނުވެސްވާނޭ
އިބާރާތުން އެފުރިހަމަކަން ބަޔާނެއް ވެސް ނުވެސްވާނޭ
މައެއްގެ ބަނޑުން އުފަންވީ އެންމެފުރިހަމަވީ ބަނީއާދަމް
ކަމަށް ލޮބުވެތި ތިބާއީ ކާއިނާތުގެ ނޫރު ހެކިވާނޭ
ނެތޭ ހެއްދެވުމުގައި އުނި ސިފަފުޅެއް ފެންނާނެ ޚިލްޤަތުގައި
ނެތޭ ޚުލްޤުން ދެކެން ކުޑަވެސް ކަމެއް ސިފައެއް ހުތުރުވާނޭ
ތިބާ ފަދައޭ އަމިއްލަފުޅަށް އެދޭ ފަދައިން ވެގެން މައުސޫފު
މިދޭހަށް ހެން ފޮނުއްވީ، ނެތް ބަހެއް ހޯދޭނެ ސިފަވާނޭ
އަސްލު: ޢަރަބިބަހުން حسان بن ثابت
ތަރުޖަމާ: ޑރ. محمد قبأد
ރާގު: ހިންދީ/ ނަޖަޓުކޯ ޒުލްފުސޭ ޕާނީ…
