ފަލަސްޠީނުގެ އެތިބަހާ މުސްލިމުން އަދު މަރުވެ ދާންވީތޯ
ބަލަން ދުނިޔޭގެ ހުރިހާ މުސްލިމުން ދުރުގައި ތިބެންވީތޯ
ނުބައި ޢިޒުރޭލު އަނިޔާއިން މަރައި އަދި ޤަތުލު ކުރަމުންދާ،
ނުހަނު މަޢްޞޫމު ޅަދަރީންނަށްޓަކާ ވިސްނާ ނުލަން ވީތޯ
ފަލަސްޠީނުގެ އެތައްގިނަ މުސްލިމުން ތިބިއިރު ބަނޑަށްޖެހިފާ
ވަށައިގެން މުސްލިމުން މުއްސަނދި، މޮޅަށް ކައިގެން ނަށަން ވީތޯ
އަރައި ގަދަބާރު ދައްކައި މަސްޖިދުލްއަޤްޞާ ތެރަށް ވެދެގެން
ތަޅައި ފުނޑު ފުނޑު ކުރާއިރުވެސް ބަލައިގެން ހަނު ތިބެންވީތޯ
މިއަދު ދުނިޔޭގަތިބިހާ މުސްލިމުންގެ މި "ނަސްލު ނައްތާލަން"
މިއަދު މިއުޅޭ ޔަހޫދީން ނަށް، އެ ފުރްޞަތު ދޭން ތިބެންވީތޯ
މިއަދު ދުނިޔޭން ޔަހޫދީން "ފަނަރަ މިލިޔަން" ހަމަވަނީ ކިރިޔާ،
މިއަދު މުސްލިމް "ދެހާސް މިލިޔަން" ބިރުން ފަހަތަށް ޖެހެންވީތޯ
