ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން ރޭ މެންދަމު މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 27 އަށް އަރައިފައެވެ.
ކޮވިޑް19 ރާއްޖެއިން 6779 މީހުންނަށް ޖެހިފައިވާއިރުު އޭގެތެރޭގައި 2531 އެކްޓިވް ކޭސް ހިމެނެ އެވެ. އަދި ހޮސްޕިޓަލްތަކުގައި 162 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1457 މީހަކު ހިމެނެ އެވެ.
ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މިއޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.



advertisment