Support Us

މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފައްތަން ދިން މުއްދަތު އިތުރުކޮށްފި

ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިޞްލާޙު ކުރުމަށް ފެނަކައިން ދީފައިވާ މުއްދަތު، އަންނަ އަހަރުގެ ފެބްރުވަރީ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މުއްދަތު އިތުރުކުރީ، "ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާގެމަތިން، ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅިގެން" ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިގޮތަށް ޢަމަލު ނުކުރާ ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަމަށް އަންގައި، ފެނަކައިން މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ވަނީ ކައުންސިލްތަކަށް މުއްދަތު ދީފައެވެ.