ރަންކަސަބު ރިހިބާދަލާ ހީވީ ހިރޭހެން ބޮލުހުޅިން
ރަންމުތުގެ ވިދުވަރު ވިދާހެން ސިއްރުސިއްރުން ކަންހުޅިން
ހީނލުމުން ރަސްކަންކުރަން ފެށި ރީތި ބައްޓަން ޖާދުވީ
ހީވިޔޭ މިހިތުގެ އުޑަށް އުފުލާލިހެން ނަލަ ދަތްދޮޅިން
ދެއްވިދާނޭތޯ ހިތަށް ނިކަމެތި މަގޭ ލޭ ފިނި މިވާ
ލެއްވި ހެޔޮ އެކަމުގެ ޝިފާ ވާ ހިތުގެ މިތުރާ ލޭހޮޅިން
ހެން ލިބެން އައްސޭރިއެއް ނެތް އޮއިވަރާ އެކުގާ ދަމާ
ގެންދިޔައި ކިސްތީ ހަޔާތުގެ ހިތުގެ އޭނާ ކަނޑުއޮޅިން
ދެން ނެތޭ ތިޔަނޫން އެހެން ނޭވާލެވޭނެ މަހައްބަތެއް
ގެންދަވާށޭ އެންމެ ފަހު ހުރި އަސަރުވެސް ނޭވާހޮޅިން
ލައްވަވާނދޭ ތިޔަ އަރާމާ ލައްޒަތުގެ މިސްރާބުގައި
ކޮށްލެވޭދެން ވެސް ގިރާ ދުނިޔޭގެ ބޭރަށް ފަހު އޮޅިން
