Support Us

ގައުމީ ނައުގެ ދަތުރު

ހޭރިޔާކޮށް ގައުމު އަތުލަން ފެށި ދައުރުގައި އެބަ އުޅޭ
ހޭ ހަށީގައި ނެތް ބަޔަކު އެ "އުޅަނދު ތެރޭގައި" ވެސް އުޅޭ

"މިރިޔަކަށް ނުވެ، ގޮބޮޅިޔަށް ނުވެ، ކާށިވީ" މީހުން އުޅޭ
ފިރިޔަކަށް ނުވެ، އަނބި ބަލައި ގަތް ބަޔަކުވެސް އޭގައި އުޅޭ

ފުރަގަހާ ކުރިމަތި ތަފާތެއް ހުންނަ ކަންވެސް ނޭނގިގެން
"ފުރަގަހަށް ފަޓުލޫނު ކުރިމަތިލީ" ބަޔަކު އޭގައި އުޅޭ

ޚިދްމަތެއް ދޭށޭ ކިޔައިގެން ދަތުރު ފެށި ބޮޑު އުޅަނދު ގައި
"ދިރުނބަލާ އަދި ކޮޅުފަހާ" ނޭނގޭ ބަޔަކު ދަތުރުގަ އުޅޭ

އިޤްތިޞާދީ އިޖްތިމާއީ ދަތުރަކަށް ފުރި އުޅަނދުގައި
އިރު އަރައި އޮއްސޭ ކޮޅެއް ނޭނގޭ ބަޔަކު އެކުގައި އުޅޭ

ވަށި ވަށީން ފައިސާ އަޅައިގެން އުޅަނދު ބެނދެ، ފެށި ދަތުރުގައި،
ހަށިގަނޑާ ސިކުނޑީގެ ތެތްކަން ނެތް ބަޔަކު ދަތުރުގަ އުޅޭ

ކަން ކަމަށް ގާބިލް ކަމެއްނެތް "ތައްގަނޑަށް ހަމަ އެޅި ގޮތަށް"
"ޖަންގަލީ ގާނޫނު" ހިންގާ ބަޔަކު ވެސް އުޅަނދުގަ އުޅޭ

"ގައިން ގަޔަށް މިއަރާ ކޮރޯނާ ވައިރަހޭ" އަދި ނުކިޔަކަސް،
"ފައިން އަރައި ގާނޫނު މައްޗަށް" ހެދި ބަޔަކު ދަތުރުގަ އުޅޭ

ހިއްސުތައް ފުރިހަމަ ނުވާ ބަޔަކާ އެކު ފެށި ދަތުރުގައި
ވިސްނުމާ ފިކުރާއި ނެތި ގޮސް ބުއްދި ފިލިނަމަ މަގު އޮޅޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *