ބަސްމަގު ސިޔާސީއަށްވުރެން ވަސް،ސިފަ ހުތުރު އެއްޗެއް ކޮބާ
"ތަސްބީހަލީޑަރު" އިރު ކިޔާ އަސްލެއް އުސޫލެއް އޮތް ކޮބާ؟
ފުންނާބުގާ އޭނާގެހުރި ހުރިހާ ކިލާ ފޮރުވާ ކުރިން
ގުންފައިޖަހާފައި އަދު ނިކުމެ ނީލަން ކިޔަން ސަބަބެއް ކޮބާ؟
ފަރުދާކުރަން ހުރި އައިބުތައް އިރުއަލިފަދައިން ހުރި ފާޅުވާން
ކަރުތާފެނަށް އެރިގެން ހަޅޭ ލެވުމަށް ތިބާ ހައްގެއް ކޮބާ؟
ބަސްމަގު ބަދަލުވާ މޫސުމީ ދަޅައަށް.ކަނޑުން ހެން ތިލަވެލާ
ރަސްއައިނަކުން ބާނާ ގޮދާ އިރުގާ ބުރެކި މުގުރާން ކޮބާ؟
ހުރިއިރު އަރާ ހުންގާނުގާ ދަންމާނު ދެއަތުން އޮވެ ދަމާ
މުރިނގެއް ގަހާއެއް ނުމެބަލާ މިސްރާބު ހިފި ސަމުގާ ކޮބާ؟
ޅެމުގާ ނުވާއިރު ދަނޑިވަޅެއް ބެރުގާ ނުބެލި ބުން އަޑުކޮޅެއް
ތެޅުމުން ދެފައި ބާރަށް ނިކުމެ ނެށުމެއް އެއިން ސިފަވާ ކޮބާ؟
ހުތުރޭ މިހެން ބުންޏަސް ދުލުން މިތުރާ ނެތޭ ލާކަށް ކޮޅުން
ފުތު ދޮންވެފައި ކަޅުވާ ގޮތާ ނޫނީ ފޮތުގެ ހުކުމެއް ކޮބާ؟
އެދުލާ ދެލޯ އަދި ކަންފަތާ ވެދުމާ ދިމާއަށް ހުޅުވިފާ
ހެނދުނާ ހަވީރަށް ބަދަލުވާ ތަދުބީރަކީ ބުނެދޭން ކޮބާ؟
