Support Us

އިތުރު ލޮކްޑައުނަކަށް ދާންޖެހިދާނެކަމުގެ އިންޒާރު

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކަށް ފަހު ވެސް ބަލި ކޮންޓްރޯލް ނުވެ، އިތުރަށް ފެތުރިގެންދާނަމަ ދެވަނަ ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ޓެކްނިލަކް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ކޮވިޑް ފެތުރުން އިތުރުވަމުން ދިއުމާ ގުޅިގެން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އަށް ދުއްވުން މަނާކުރުމުން އާއްމުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ޕޮޒިޓިވްވަމުންދާ އަދަދު ކޮންޓްރޯލް ނުކުރެވި، ހޮސްޕިޓަލްތައް ފުރި އެހާ ގިނަ ބަޔަކު އެއްކޮށް އެޑްމިޓްކުރަންވެއްޖެ ނަމަ، އެވަރަށް ބޭނުންވާ ފެސިލިޓީޒް އާއި ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަކީ އެއްވެސް ހާލެއްގައި ޖެއްސުން ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން، ބޭނުމަކީ ބަލި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުން،" ޑރ. ލަތީފް ވިދާޅުވި އެވެ.

އެހެން ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އާއްމުން އެއްބާރުލުން ނުލިބިއްޖެއްޔާ ދެވަނަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ހާލަތެއް ވެސް އަތުވެދާނެ ކަމަށާއި އޭގެ ކުރިން އާއްމުން މިކަންކަމަށް ސަމާލުވެ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލްކޮށްގެން ނޫނީ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ވެސް ޑރ. ލަތީފު ވިދާޅުވި އެވެ.

"ލޮކްޑައުން އެއް ގެނެސްގެން ކުރިން ވެސް އޮތީ އިކޮނޮމިކް ދަތިތަކާ މިނޫންވެސް ވަރަށް ގިނަ ދަތިތަކެއް އާއްމުންނަށް ކުރިމަތިލާން ޖެހިފައި. ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވިގެން ހިނގައްޖެނަމަ އިތުރު ލޮކްޑައުން އަކަށް ވެސް ދާންޖެހިދާނެ،" ޑރ. ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ލޮކްޑައުން އަކަށް ދިއުމާ މެދު ގޮތެއް ނިންމާނީ ފްލޫ ކްލިނިކްތަކަށް ދާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދަށް ވެސް ބަލައިފަ ކަމަށެވެ.

"ކޭސްތަކެއް ރާއްޖޭގައި އެގޮތަށް ގިނަވާނަމަ ވިޔަފާރިތައް ވެސް ހުޅުވާލައިގެން ނުހިންގޭނެ. އަދި ރާއްޖެއަށް ޓޫރިސްޓުން ވެސް ނާންނާނެ ރާއްޖެ ސޭފް ތަނެއްގެ ކަމުގައި ނުވާނަމަ. އެހެން ކަމުން ފިހާރަތަކާއި ކެފޭތަކާ ހިންގޭނީ ވެސް ބަލި ކޮންޓްރޯލް ކޮށްގެން،" ޑރ. ލަތީފް ވިދާޅުވި އެވެ.

ޑރ. ލަތީފް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކާ އެއްގޮތަށް އާއްމުން އަމަލްކޮށްގެން ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އާއްމުން ފުރިހަމަ އެއްބާރުލުން ދޭނަމަ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ނަމަވެސް އިތުރަށް ބަލި ކޮންޓްރޯލް ނުކުރެވި އިތުރަށް ފެތުރެމުންދާނަމަ ފަރުވާދޭން ޖެހޭ ފަރާތްތައް ކަނޑައެޅުމުގައި އެމީހެއްގެ ބަލި ހާލަތު ހުރިގޮތެއް ބެލުމަށްފަހު އިސްކަންދޭނެ ގޮތެއް ކަނޑައަޅަން ޖެހިދާނެ ފަދަ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *