ދިލާސާކަން އެ ދިން ހިތް މޯޅިވެއްޖޭ
އަލާ ކެނޑެނީސްނު ފެންދިން ތަށި ތެޅިއްޖޭ
ލިބުނު ހަނދުވަރު އެ ކަޅުފޮއި މޫސުމެއްގައި
އުޖާލާ މޫސުމެއް އައިސް ފަޅުކޮށް ފިލައްޖޭ
ޚަރީފެއްގައި ފަރިވި ގުލްޝަން ޢަބީރީ
ރަބީޢެއް އައިސް ފަނާކޮށްފައި ހިނގައްޖޭ
ދަތުރު ކުރި ނާ ތެރޭ ވިއްސާރަ ބޯބޯ
ތެމާއެއްގައި ހަލާކުވެގެން ނެތިއްޖޭ
ދަބަރު ކުޑަކުޑަ ފުކެއް ވެސް ނެތް ހަގީގީ
ޒަބަރުޖުދު ވިދަވިދާ އޮއްވައި ފުނޑިއްޖޭ