ނީވުމުން ކަންފަތްތަކަށް ޤައުމީ ގޮވުން އާދޭސްކުރާ
ބީވަމުން ޤައުމުގެ ކަރާމާތް އަތްދަަށުން ލާނޭ ފިރާ
ވަޙުދަތާ، އިސްލާމުދީނާ ހިތްތަކުން ފުހެ ދުރުކުރާ
ވަހުމު ފަތުރާ އޮށްތަކެއް ހެދި ފޯދި ހިތް ލައިފިޔެ ފުރާ
ބާރުތައް ބަވަނައިގެ ފާލަން ކޮށް ހުރަސް ދޭ ހަމަލަތައް
ނާރެހަށް ވަޠަނުގެ ހެރޭން ދޫކޮށް ލުމުން ލިބެނީ ތުރާ
ލާބައަށް އެދި ދުނިޔެ ހޯދަން ވަޅި ހިތަށް ޤައުމުގެ ޖަހާ
ކާބަފައިންގެ އަމާނަތަށް ފުރުޞަތު ނުދީ އޮޅިކޮށް ގިރާ
ފޫޅު ކަނޑަމުން އިހު ތިބީންނަށް އަތް އުރާލީމާ ވެރިން
ރޫޅި ޤައުމީ ބާރު ދާއިރު ނެތް ހިތެއް އަސަރެއް ކުރާ
ރުހި ބިމުން ދޫކޮށް ނުލާށޭ ވެލިފުކެއް އަދި ކައިވަތެއް
ފޮހެވި ބިން ދިވެހީންގެ ދާން ނޭދޭ ހިތަށް ކައްޓެއް ހަރާ
