ހިތް އެދޭ ލޯތްބެއް ނެތޭ މިހިތަަށް ނަސީބުވުމެއް މިހާރު
ހިތް އެހެންނަމަވެސް ކުރޭ ލޯތްބަށް އެ ފޮނިފޮނި އިންތިޒާރު
ކަނޑު ފަޅެއް އިޝްގުގެ ވަޒަން ކޮށް ނުލެވެނީސް އެހުމާނުލައި
ނޭނގި މި ހިތަށް ވަދެ ހިތާ ނަފްސާކުރީ ލޯބިން ހިޞާރު
އުޑުމަތީގައި ފެންނަހެން ލޯބީގެ ގަލަމުން ލިޔުނު ހިނދު
މަޑުމަޑުން މި ހިތާ ދުރަށް ފިޔަވަޅު އަޅަން ކުރި އިޚްތިޔާރު
ކިޔަމަނުން ނެތް ހިތުގެ ކަރު ހިއްކުން ކަމަށް ވިޔަތީ ކަލާ
ތިޔަ ޚިޔާލާ ދުރުވެވޭނީ، ބުރިވެގެންނޭ ހިތުގެ ނާރު
ފަސްފަހަތް ބަލަމުން ކަލާ ހުރެ ނުހިނގިޔަސް ރޭ އާ ދުވާ
މަސްތުކުރުވާ ސޫރަ ތިޔަ ފެނިފައި މި ހިތް ވޭ ބޭޤަރާރު
އިޝްޤު ވޭނާ ދުކުތަކުން ހިއްޞާއަކަށް ވީމާ ބަދަލް
ދުޝްމިނެއް ފަދައިން އުފާ ބޭރަށް ހިގައްޖޭ ހިތުގެ ފާރު
