Support Us

އޭ ތަރިތަކާއެވެ!

އޭ އުޑު މަތީ ފިޔަޖަހާ ނަލަ ތަރިތަކާއެވެ!

މުޅި ފަޒާ އަލިކުރުމުގައި ހުންނާށެވެ!

އިނބަގެ އަލިކަން އެބަ ބޭނުން ވެއެވެ.

އެހެނީ އަހަންނަށް ގެއްލިއްޖެއެވެ!

އަހަރެންގެ ލޯބި ލޯބި ގުމްރީއެވެ.

އަހަންނަށް މަގުއަލިކޮށްދޭށެވެ!

އަދި އަހަރެންގެ ގުމްރީ ހޯދައިދޭށެވެ!

އަލި ގަމަރު ފަދަ އަހަރެންގެ ގުމްރީއެވެ!

 

އޭ އުޑުމަތީ ފިޔަޖަހާ ނަލަ ތަރިތަކާއެވެ!

ނިކަން ތިރިވެލަ ބަލާށެވެ!

އަދި، އިނބަގެ ދޯދި ފޮނުވާލަބަލާށެވެ!

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށެވެ!

އަހަރެންގެ ގުމްރީ ފެނޭތޯއެވެ!

ކޮންމެ ވެސް ކަނެއްގައި އޭނަ ވެއްޖެއެވެ.

އަހަންނަށް ބޮނދައި ފިލައެވެ.

އަހަންނަށް އޭނަ ހޯދައިދީ ބަލާށެވެ!

 

އޭ އުޑު މަތީ ފިޔަޖަހާ ނަލަ ތަރިތަކާއެވެ!

ކިތަންމެ ދުރުގައި އޭނަ ވިޔަސް ވެހެވެ.

މިލިޔަން މޭލު ދުރު ވިޔަސް ވެހެވެ.

އޭނަ ހޯދައިދީފި ނަމަ އަހަރެން ދާނަމެވެ.

އަހަރެންގެ ގުމްރީ ދެކެ އަހަރެން ލޯބިވަމެވެ.

އިހާރުވެސް މެއެވެ. އަދި ހަމަ މިހާރު ވެސް މެއެވެ.

މި ވާހަކަ ވެސް އޭނަ ގާތު ބުނެ ދެއްޗެވެ.

އޭ އުޑު މަތީ ފިޔަޖަހާ ނަލަ ތަރިތަކާއެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *