ގަޔާވީ އަލަތު ޖަޒްބާތުން އުފެދި ވިންދުން އިވުނު އަޑަކީ
ހަޔާތުގެ ހުވަފެނީ ޢާލަމް އެއަށް ޚާއްސަވި އިޝާރަތަކީ
ނިތުން އެއްލާލި ހަރަކާތުން ލޮލާ ލޯ ވިދި ވިދައިގަތުމުން
ހިތުގެ ދާނުން ހިލުނު މަސްތޭ ހިތަށް ލިބިދިން ޔަގީންކަމަކީ
ޖެހޭ ވައިރޯޅި ފަދަ ބީހުންތަކުން ހީބިހިނަގައި ދިއުމުން
ރުހޭ ދެ ހިތުގެ އަދާތައް މެހިލުމޭ އިޝްގީ ފިދާވުމަކީ
ނަގާ ދެއަތުން ހިފައި ހިތުގައި މަޑުން ނިއުޅާ ބަލާލައިފާ
ހިނގާ ރިހުމަށް ހިތަށް ފަރުވާ އަވަސް ދިނުމޭ އަޅައިލުމަކީ
ހަރާރަތަކުން ހިތުން ހިތަކަށް ނަގުލުކުރެވުނު އެ އިތުބާރުން
ބަރާކޮށް އެރި ހިތުގެ ކަނޑުގައި ފެތުން ލޯބީގެ ޚިދުމަތަކީ
ގިރާކޮށް އޮޅި ހުރަސްކޮށް ވަދެ ހިތުގެ ޙާލާތުގައި ބޮސްދީ
ފިރާލައި ކަނި އަތުން ދޫކޮށްލުމޭ އުލްފަތުގެ އިބުރަތަކީ
