ހީތަކުން ހިތް ފިސްވެދާ ހިލަމެއްގެ ޝައްކާ ވަހުމުގައި
ޒާތަކަށް ތެޅިލައިފި ހިތް ނިމުމެއްގެ ސިއްރީ ރިހުމުގައި
ނެތް ބަދަލު ހިފުމުގެ ޝުޢޫރެއް ހިތުތެރޭގައި ކުރެހިފައި
ކެތްކުރުން ޖިސްމަށް މޮޅީ ސަބުރާއެކީ ހިތި އަސަރުގައި
ހީލަތާ މަކަރުގެ ދަލެއްގައި ވޭނުގައި ތާށިވެ އޮތަސް
ނީލަމެއްގައި ވިކި ނަފުސު ދާކަށްނެތީން މަގްސޫދުގައި
ފަސްފަހަތް ބެލުމާ ނުލައި ފުދި އަޑިގުޑަން ކުރުމަށްގިރާ
ގަސްެތުކޮށް ބަނދެގެން ކަމަރު މިސްރާބުޖަހަނީ ރޭހުގައި
ވެއްޓި ފައިބުޑަކަށް ދިއުން ނެތް ވިސްނުމަކު އާދޭހަކަށް
ނެއްޓި ފާލުން ހިތުގެ ސަކުމަކު ދިޔަޔަކަސް ސަކަރާތުގައި
ދޭ ތުރާ ހިތުގައި ފުނަށްލައި އަންދަމުން މޭ ފިއްސަމުން
ވޭތުކުރުމެެއް ނުމެ ނެތޭ ނުސިޔާނު ފިކުރީ ޝޯޚުގައި
ޢިއްޒަތާ ގަދަރާއި ޖާހުގެ އުފަލުގައި ވެސް ފެންނަނީ
ލައްޒަތާ މީރާއި ވޭނީ ކެކުޅުމޭ އެކި މަޙަލުގައި
