Support Us

މީ ދެން ކޮންކަހަލަ ނޫސްވެރިކަމެއް؟

ދިވެހިނަށް އަދު ފެންނަމީ ބިރުހުރި ނުރައްކާތެރި ކަމެއް
"ދިވެހި ޤައުމުގެ ހަތަރުވަނަ ބާރޭ ކިޔާ، ނޫސްވެރިކަމެއް"

މައިބަފައިންނާ އަނބިދަރީންނާ ރައްޓެހީން ރަޙްމަތްތެރީން
ބައިބަޔަށް ބައިކޮށް ފަސާދަ ކުރާ ކަހަލަ ނޫސްވެރިކަމެއް

ވެރިޔަކަށް މީހަކު ހޮވާފައި ވެރިޔަކުގެ އަބުރާއި ޢިއްޒަތް،
"ގެރި ބަކަރި ކަތިލާގޮތަށް ކަތިލައި ހަދާ" ނޫސްވެރިކަމެއް

ރައްޔިތުން ތާއީދުކޮށް ހޮވި ރައްޔިތުން ސަރުކާރަކާ،
ރައްޔިތުންނާ ދެމެދު ނަފުރަތު ކޮށް ހަދާ ނޫސްވެރިކަމެއް

އިޖްތިމާޢީ ރީތި ފޭރާން ވީދިގެން ފުނޑުފުނޑު ވެގޮސް
އީޙްތިރާމާ ޤަދަރު ޤައުމުން ފޮހެލަދޭ ނޫސްވެރިކަމެއް

މީހުނާ މީހުންގެ އަބުރާ ޢިއްޒަތާ ޤަދަރާ ޝަރަފު،
ރީތިކޮށް ހަމަ "ޤަތުލުކޮށް ކަތިލައި ހަދާ" ނޫސްވެރިކަމެއް

ކަމުގެ އަޞްލާ، ތެދު، ދޮގާ،، ހޯދާކަށެއް ނެތް ބޭނުމެއް،
އަޑު އަހާލަން ހިތް އެދޭ ގޮތަކަށް ލިޔާ ނޫސްވެރިކަމެއް

ރަން ގަލަން ނޫސްވެރިކަމުން ލިބިލެއްވި ނޫސްވެރި ޚާދިމުން
"ރަން ގަލަމަކުން ދޮގު ޚަބަރު ލިޔެ" ފަތުރަދޭ ނޫސްވެރިކަމެއް

ރައްޔިތުންނަށް ދޭ އެތައް ޚިދްމަތްތަކެއް ސަރުކާރަކުން
ރައްޔިތުންނަށް ދޭ ޚަބަރު، ދޮގު ފަތުރަދޭ ނޫސްވެރިކަމެއް

އިޖްތިމާޢީ ރޫޙު މުޅިޤައުމުން ފިލައި ބައިބައިވެ ގޮސް،
މިތުރުނާ ހަތުރުން މުޅިން ބައިބައި ކުރާ، ނޫސްވެރިކަމެއް

އަދު ވަރަށް މަދު ނޫހަކުން ނޫނީ ލިޔާ ދޮގު ޚަބަރަކުން،
"ކެކި އަރާހެން" ރައްޔިތުން، ލޭ ކައްކަދޭ ނޫސްވެރިކަމެއް

އަދު މިހެން ބުނުމުން މަށަށް އަދި "ޙަމަލަ ދޭނޭ ނޫސްތަކުން"
އަހުރެނަށްހެޔޮ! ހަމަތެދެއްމީ "އަސަރުހުރި" ނޫސްވެރިކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *