ގަސްދުކުރެވޭ މަންޒިލެއްކަމުގައި ހަޔާތުގެ ދަތުރުގައި
ރަސްރަނައިގެ ހިތޭ އޮތީ މިފުރާނައިންދޭ ގަދަރުގައި
ކޮންމެ ވާދީއެއް މަކާނެއް މަންޒިލެއް އަދި މަހެފިލެއް
ފެންނަނީ ހުސްފަޅުތަނެއްހެން ނެތް ތިބާ އެހިސާބުގައި
ފިކުރުތަކުގައި ނުރުހިގެން ކަންބޮޑުވެގެން ހިތްދަތިވެފާ
މިތުރު ތިޔަހެން ހުންނަނީ ފަހެ ކީއްވެހޭ މިވުޖޫދުގައި
ގިބުލައަށް ނަފުސުގެ ވެވޭ އަޅުކަން އަބަދު ކުރިމަތިލަމުން
ލިބުނު މިސްރާބަށް ކުރާށޭ ސަޖިދަ ދެން މިހުރާބުގައި
ކޮންމެ މަގަކުންވެސް ދެވޭ ހުޅަނގަށް ދެކުނު އިރު އުތުރަކަސް
އެންމެފަހު ފިޔަވަޅު މިއެޅެނީ ތިޔަ ޙަރީމުގެ މަގަތުގައި
ކަށަވަރޭ ޝައްކެއްނެތޭ ގުދުރަތުގެ އޯގާވެރި އަތުން
އަހުރެނާއި ތިބާ ގުޅާލައިދޭނެއޭ ލާމެހުމުގައި
ޝައުގުގައި ވައްކޮށްލެވޭ އަހަރެންގެ ދެއަތުން މަލުގެހާރު
ރައުނަގީ ތިޔަކަރުފުޅަށް އެއްލާނަމޭ ދެން އެހިނދުގައި
ދެން އެއަށްފަހު ތިޔައަތާ މިއަތާ ގުޅާލައިގެން ހިތާ
އެންމެހާ ލޯތައްދެކޭނޭ ދާދުވަސް ތާއަބަދުގައި
*****
ޚިޔާލު:
އޮމެހެބުބާއޯ ތެރެދިލްކި ޕާސް….
ތަރުޖަމާ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު



advertisment