އެޗްޑީސީގެ ނަމުގައި ދައުރުވަމުންދާ ސްޕޭމް މެސެޖުތަކަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
"ރޭގެ ވަގުތެއްގައި މި ކޯޕަރޭޝަންގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާކަން މި ކޯޕަރޭޝަންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެއީ، މި ކޯޕަރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫންކަމާއި، އެހެންކަމުން، ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް ދައުރުވާ މެސެޖުތަކާމެދު ކަސްޓަމަރުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި، ޕޭމަންޓް ރިސީޕްޓްތަކަށް ރޭ ދިމާވި މައްސަލަވެސް މިހާރު ހައްލު ކޮށްފައިވާކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ." އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
"އޭގެ އިތުރުން، މި ކޯޕަރޭޝަންގެ ކަސްޓަމަރުންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ވާހަކަ ދަންނަވަމެވެ."
އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
"ވީމާ، މި ކޯޕަރޭޝަންގެ ނަމުގައި އެގޮތަށް ލިބޭ ސްޕޭމް މެސެޖުތަކަށް ކަސްޓަމަރުން ކުރިއަށް އޮތްތަނުގައި ވެސް ސަމާލުވުމަށާއި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މި ކޯޕަރޭޝަނުން އިލްތިމާސް ކުރަމެވެ."



advertisment

