ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލިހަށް ވައްދަވާނެކަން ޢިއުލާން ކުރައްވާފައި ވަނިކޮށް ޝާހިދަށް އިތުބާރު އޮތް ކަމަށް މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރ ޝާހިދަށް "ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށާއި އަދި ޝާހިދަށް ސާބަސް ރައްދުކުރައްވާ ކަމަށެވެ.
Foreign Minister @abdulla_shahid ah hama kashavarunves alhuganduge furihama ithubaaru eba oiy. Saabas Minister. ????
— Mohamed Nasheed (@MohamedNasheed) August 21, 2020
ބައެއް މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖާބިރު ވަނީ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދާއި ހޯމް މިނިސްޓަރ އިމްރާން އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.
ފޮރިން މިނިސްޓަރ ޝާހިދަށް އިތުބާރު އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ އާ ގުޅޭ ގޮތުން އަދި ރައީސް ނަޝީދު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.



advertisment