
ގައުމު އަދު ރޮއްވައިފިޔޭ އައި ކުއްލި ޚަބަރުގެ ހޫނުގައި
ފައުނު އަގުހުރި ނަންވިދާ އާރިފް (ބަކާ) ގެ ހަނދާނުގައި
ވަކިވެގެން ދިޔައީ ވިދާ ފުޓުބޯޅައިން އަލި ތަރިއެކޭ
އެކި މަގާމުގެ ރަންމެޑަލް ހޯދައިދިނޭ މޮޅު ކުޅުމުގައި
ފަރުޟު ޙައްޖުގެ އަޅުކަމަށްފަހު އައިތަނާ ނުވެ ތިން ދުވަސް
މަރު ޚަބަރު ލިބުމުން ވަޠަން ބިތްޖެހިވަނީ ކަޅު ސާލުގައި
ހެކިވެޔޭ މިސްކިތްތަކާ ޝޭޚުން މޮޅެތި އަދި ރައްޓެހީން
އެކުއެކީވެ ޒުވާން ބަކާ ސާބިތުވެ ހުރިކަން ދީނުގައި
ދޫތަކުން ހެޔޮހާ ދުޢާ ހެޔޮބަސްތަކުން އޮހެމުންދަނީ
ލޯތަކުން ކަރުނައިގެ ސައިލޭ ފައިބަނީ ހިތި އަސަރުގައި
ދެއްވެވުން އެދި އުފުލަމުން އަތް ހެޔޮ އަޖުރު އެ ފުރާނަޔަށް
ލެއްވެވުން އެދިގެންވަނީ ޖަންނަތުގެ މާތް ފިރުދައުސުގައި
