މަށަށް މަތައެއް ނުވާނޭ ދަތްދޮޅީގައި އޮވެ ކޮރޯނާއެއް
ދަށަށް ޖައްސައި އުހަށް އަރުވައި ހެދީމާ ވާނެ ރޯނާއެއް
ދެ މީހުން ސިނގިރެޓެއް ބޯލާން އެދޭ ހަމަ ކޮންމެ ފަހަރަކުހެން
ދެމީމާ ތިޔަ ގޮތަށް ތިރިއަށް މަގޭ ބޭނުން ނެތޭނޭހެން
މަގެއްގެ މަތީން ދިމާވީމާ، ތިމާ ދެކެފަރިތަ ރައްޓެއްސެއް
އަގެއް ނެތް އެއްޗަކަށް މަ ހަދައި، ދިނީމާ އާދެ! ކޮޅުކެއްސެއް
ކެފޭ، ކެފެޓޭރިއާއަށް ގޮސް ބުއިންތައް ބޮއި ހަދާއިރުގައި
ހިފޭނޭ ބޭނުމެއް ނެތްހެން ނަގައި ބޭއްވީމަ މާ ދުރުގައި
ޚަޠީބަކު މެންބަރަށް އެރުމުން ކިޔަން އުނދަގޫވުމުން ޚުޠުބާ
މަތީ އޮތް ބައި ދަމައި ތިރިއަށް ޖެހިމާ ކަމުފޮޅާނޭބާ؟
އަޅަންޏާ ކޮވިޑް ދަފުޢުކުރާން އަޅާށޭ ރީތިކޮށް އަނގަޔާ-
ފަޅައިނުމެލައި އެކީ ނޭފަތް އެއިން ފޮރުވޭނެހެން ވެގަޔާ