Support Us

ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއް: ނައިބު ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހަތަރު ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ހިންގުމުގައި ސިވިލް ސަރވިސްއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޚިދުމަތްދިނުމުގައި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ޚިދުމަތްދިނުން ފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޙައްލު ހޯދެން ހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެރިވާ "ސްމާޓް ގަވަނަންސް ފޯ ސިވިލް ސަރވިސް އެކްސެލެންސް"ގައި ޖުމްލަ ތިން ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *