* ރާގު: ވޯދިން ކަހާންސެ ލާވޯ…
ލޯބިން އަޅާލަ ދޭށޭ، ތިޔަހެން ނުހައްދަވާށޭ
ލޯބީގެ ހިތި ހިތާމާތް މިފުރާނަ ވަކިވަނިއްޔޭ
ލޯބިން އަޅާލަ ދޭށޭ ތިޔަހެން ނުހައްދަވާށޭ
އުފަލުން އެކީ މިއުޅެފާ އުފަލާ އަރާމު ދީފާ (2)
އުފުލަން ޖެހޭ މި ވޭނުން އަހުރެން މިމޮޔަ ވަނިއްޔޭ
ލޯބިން އަޅާލަ ދޭށޭ ތިޔަހެން ނުހައްދަވާށޭ
ދިރުމެއްލިބުން ނުވީމާ ނިދުމެއް ދެލޯ ނެތީމާ (2)
ފިކުރާ ޚިޔާލުގައި އޮވެ މިގޮތަށް ހަނާ ވަނިއްޔޭ
ލޯބިން އަޅާލަ ދޭށޭ ތިޔަހެން ނުހައްދަވާށޭ
ލޯބީގެ ތަޖުރިބާއިން ކުރިމަތިވި އިމްތިޙާނުން (2)
ލޯބިން ލިބޭ މިވޭނުން އަހުރެން މިމަރު ވަނިއްޔޭ
ލޯބިން އަޅާލަ ދޭށޭ ތިޔަހެން ނުހައްދަވާށޭ