ދުންޔަވީ ހެޔޮ ބާއްޖަވެރިކަމަކީ އެތަން ދޫކޮށްލުމޭ
ދުނިޔެއަށް އެދި ރޯ ނަފުސު މިކަމަށް އޮތީ ފުންވިސްނުމޭ
ލައްޒަތާ އުފަލާ އަރާމާ ހުވަފެނެއްފަދަ ދުންޔަވީ
ޢިއްޒަތީ، ނަފުސަށް ޓަކައި ވާ އެންމެ ބިރުވެރި މޫސުމޭ
ވާދަވެރި ރޭހުން މިތާ ހާސިލުކުރަންވީ ތަށްޓަކީ
ލާބައާ މަންފާގެ މަތިވެރި މާދަމާއެއް ހޯދުމޭ
އަދު ބިނާއެއް މާދަމާއަށް ނުކުރިނަމައީ ކަށަވަރޭ
ވަދެލުމަށް މާދަން ހިޔާވައްސެއް އޮތީ ހަމަ ނުލިބުމޭ
މާލުވެރިކަން ޖާނުދީގެން އެއްކުރާ އެ ޙަޤީޤަތީ
ވާރިސުން މެދުގައި އުފެދިދާ މާދަމައިގެ އަރައިރުމޭ
ސާހުނާ ރަސްރަސްކަލުންގެ ބިނާތަކާ ކޯއްޓޭތަކާ
ޖާހު މަތިވެރިކުރި މަސައްކަތަކީ އެއީ ހުސް ގެއްލުމޭ
ކޮންމެ ނަފުސެއް ވެސް ޔަޤީނޭ ދުނިޔެއިން މިފަނާވެދާ
އޮންނަ ކަށަވަރު އެންމެފަހު ދެން ނިމުމަކީ ހަމަ މަރުވުމޭ
