Support Us

ޑާވިނުގެ ތިއަރީ އެއީ ދޮގުކަން މިއަދު ފެންނަން އޮތީ

އުޑުވެޔޭ މާ ދުރުދުރުން ފެށިގެން ދިމާ ހަމަ ބޯމަތީ
ގުޑުވިވެސް ނުމެލާނެހެން ނެތަކަސް ތަނބެއް ހަމަ ބިންމަތީ

ކޮންމެ ދުވަހަކު ކޮންމެ އަހަރަކު އިރުގެ ދައުރާނާވުމަށް
އެންމެ ފަޅި މިނިޓެއް ސިކުންތެއް ވެސް ތަފާތުވުމެއް ނެތީ

އަހަރުތައް މާޒީ ވިޔަސް، ވާރޭ ކަނޑަށް ވެހެމުން ދިޔަސް
ރަހަޔަކަށް، ވަހަކަށް، ލޮނުގެ ތާސީރަކަށް، ބަދަލެއް، ނެތީ

ގަސްގަހާ ޖަނަވާރުތައް، އަދި ޤުދުރަތީ ހުރިހާ ދިރުން
އަޞްލު ނަސްލާ އެއް ގޮތަށް 'ދަރިމައިވުމޭ' ފެންނަން އޮތީ

މިން ކުރަން  ނޭނގޭ މި ކައުނާ  އެންމެހާ  މަޚުލޫޤުނާ
ބިން އުފަންވި ގޮތާ، ސައެންސުން ދެއްކިގޮތް [ފޮތުގައި]އޮތީ

އެންމެ ކުދި ސެލްތައް ވިޔަސް ހެލިފެލިވެވޭނެ ނިޒާމުތައް…..
ދެން ކިޔައިދޭނޭ ގޮތެއް، ހުނަރެއް، މި ޤަލަމަށް ލިބި ނެތީ

'ތަކުރުބޭ' މާ 'މޮޅު ފޮތެއް' ލިޔެގެން، ނެރުނު ތިއަރީއަކުން
މަކުނު ވެސް އިންސާނުނަށް ވާނޭ ކަމުގެ ހެތްކެއް ނެތީ

ނާވިލެއް ހެން ޢާއްމުކުރި އެންމެ ބޮޑު ބުހުތާނު (ފޮތް)
ޑާވިނުގެ ތިއަރީ އެއީ ދޮގުކަން މިއަދު ފެންނަން އޮތީ

"މާޒީ"ގެ ނަޒަރުން ވިސްނަމުން ޑާވިނުގެ ތިއަރީ ދޮގުކަމޭ
ޒާތީކަމެއް ނެތި ތެދު ހިތުން "މާޒީ" މިއަދު ބުނެލަން އޮތީ

އެންމެ މަތިވެރި ޖައްލަރައްބީ އަށް ސަނާ ގިނަ ދަންނަވައި
ލެއްވެވުން އެދިގެންވަމޭ، އަބަދަށް މި މަތިވެރި ދީން މަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *