ފިރިއެއްގެ ހަޔާތީ ނާރެހަކީ އަނތްބެއްގެ ސުލޫކާ އިތުބާރޭ
ދިރިގެން ކުރިލާ އޭރުން ހެދެނީ ލޯބީގެ ހިޔާދޭ ގުލްޒާރޭ
ކިޔަމަނުގެ ފަށުވި ލެވިފޭރާމާ ނިޔަނެތިވިރަނުން އެޅި ގަހަނާއާ
ހިޔަނީގެއަލީން ދެން ފެންނާނީ ތިޔަމޫނުގެ އަސްލީ އަންވާރޭ
ޚަރަދާއިބަރަދު އޮވެ ނިސްބަތުގައި ދަރަޖައިގެ ގުޅޭ ކިރި ތިލަފަތުގައި
ފަރުވާވެ އުޅޭނަމަ ހެޔޮގޮތުގައި އަރުތައިގެ އެޅޭނީ އަތްބާރޭ
މުދަލާއި ގެދޮރުވެ އަމާނަތުގައި ބަދަލެއްނެތި ޣައިބާ ހާޒިރުގައި
ތެދުވެރިވެ ލެވުނުނަމަ ޖާމިނުގައި ޒިންމާގެ ލިބޭނީ އިތުބާރޭ
ޅަކުދީންގެ ވަށައިގެން އަބަދުމެދޯ ހުޅުވޭނަމައީ ތިޔަ ކުލުނުގެލޯ
އެކުދީންގެ ގަހުން ހެދި ފަރިވާނީ ވަސްމީރު އުފާވާ އަޒުހާރޭ
ވޭނާއި ތުރާލިބި ހިތްދަތިކަން އޭނާގެ އެވާހިނދު މާޔޫސްކަން
މީނާގެ ލިބޭ ފަރި ހީނލުމަކީ ލޯބީގެ ފުރައިދޭ ކަންވާރޭ
ސުލްހައިގެ އޮމާންވީ އެކުވެރިވުން އުލްފަތުގެ ހިމޭންވީ ބައިވެރިވުން
ދުލްހަނުގެ ލިބޭނަމަ ފަރިވެފޮޅުން ފަދަ ސުވަރުގެއެއް މީދިލްދާރ
