ހިތުގެ ވައިރޯޅި ގޮސް ފިރުމާލިއޭ ހުޅިފުޅުގެ ރަޙުމަތުގައި
އިތުރު ތާއީދުގައި ކޮށްލީ ސަލާމް ލޯފުޅުގެ ނިޢުމަތުގައި
ސަނާ ތާރީފުތައް ކެކުނޭ ޖަހާވިންދުން ހިނގާލޭގައި
ވަނާތަކުގައި ވިދާ މަސްތީ އަދާ ދިން ހޫނު ރާހަތުގައި
ކިރާ މާމުއިގެ އާރުތަކެއް ދެމެން ފެށިއޭ މަގޭ މޭގައި
ބިރާގަމުކުލަ ވިދާ ދުނިދަނޑި އެވާ ބުމަފުޅުގެ ބަރަކަތުގައި
ކަކޫމައްޗަށް ދެލޯ ގުރުބާންވިޔޭ ސަޖިދައިގެ ނިސްބަތުގައި
ދެކޯތާފަތްޕުޅުން ޤަމަރީ އޮހޭ ނޫރެއްގެ ޙުރުމަތުގައި
އޮޔާލެވުނޭ ލެޔާލޭ ގުޅުނު ނެތް އައްސޭރި މާކަނޑުގައި
މެޔާ ކުންނުގެ ހިޔާ ފަތުރާލި ފެނި ޖަންނަތުގެ ހައިބަތުގައި
ހިތުން ދެވުނޭ ޙަޔާތްމުޅި ވެދުމަކަށް ނެތި ފިކުރު ނާރެހުގައި
ދެތުންފަތްޕުޅުގެ ދެމެދުން ހިޔަނިވީ ކަންޒުގެ ކަރާމަތުގައި
ނުވާ ނިމުމެއް ފެށުނު ތާރީފުގައި ނިކަމެތި ޠަވާފެއްގައި
ހުވާ ކަށަވަރު މަހުންނާނަން އަބަދުވެސް ތިޔަ ޒިޔާރަތުގައި
