ބައެއް ކަހަލަ މޮޔައިން ނިދިން މަސްތު ކުރެއޭ
ބައެއް ފެންނަ ހުވަފެން ފަހުން ފާޅު ކުރެއޭ
"މިރޯނާ" ކިޔާ ވައިރަހެއް އައިސް އުޅޭތީ
މިރޭ ތަކުރު ދުށް ހުވަފެނެއް ހާމަ ކުރެއޭ
"މިރޯނާ" ގެ ވައިރަސް ޖެހޭ ކޮންމެ މީހަކު
މިރޯގާ ގެ ސަބަބުން ސިކުނޑި ހަފުސު ކުރެއޭ
އަލަށް އައި މި ވައިރަސް ދެލޯ އަނދިރި ކުރެއޭ
ގަލަންތަކުގެ ދެއްޔަށް ވަރަށް ބާރު ކުރެއޭ
ދިމާ ކަޅުކުލައިން ލާ ލިބާހާއި ކޯޓާ
ތިމާ ލޯ ދެކޭ ހުދުކުލައިން ސޫރަ ކުރެއޭ
މި ވައިރަހުގެ އެއް ދޫ ގޮވާ ގޮވެލި ފަތިވަރު
ހިމާޔަތް އަނެއް ދޫ ކުރަން ބަހުސު ކުރެއޭ
ދެކަންފަތުގެ ތެރެއިން މިކަންފަތް އަހާ އަޑު
އެކަންފަތް ވެފައި ކޮށި ނިކަން ސިއްރު ކުރެއޭ
އެގޭ ހަސަނު ކޭމާ ނުބައިވީ އެ ބަތްތަށި
މަގޭ ދޮންބެ ކެއިމާ ވަރަށް މީރު ކުރެއޭ