Support Us

އިންޑިއާގެ ޖަންގައްޔެއްގައި އެކަނިވެރިޔަކު ވޯޓުލައިފި

އިންޑިއާގައި މިހާރު ކުރިއަށްދާ އާއްމު އިންތިހާބުގައި އެއްވެސް މީހަކު ބާކީނުކޮށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. އެ ގޮތުން، 1.4 ބިލިއަން މީހުން ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އާބާދީގައި ހިމެނިގެން ޖަންގައްޔެއްގައި އެކަނިވެރިކޮށް އުޅޭ މީހަކަށް ވެސް ވޯޓު ލުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ދުނިޔޭގައި މިހާރު ހިނގަމުން އަންނަ "އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތު"ގައި، ގީރް ނަމަކަށް ކިޔާ ޖަންގައްޔެއްގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ހިންދީ ދީނުގެ އަޅުވެރިއެއް ކަމަށްވާ މަހަންތު ހަރިދާސް އުދަސީންއަށެވެ. އަންގާރަ ދުވަހު މަހަންތު ވޯޓުލުމުން ގީރް ޖަންގަލީގެ ސަރަހައްދުގައި ވޯޓު ލާން ނުކުތް މީހުންގެ ނިސްބަތް 100 ޕަސެންޓަށް އެރީއެވެ. ވޯޓު ލާން ރަޖިސްޓްރީ ކޮށްފައިވަނީ ވެސް އޭނާ އެކަންޏެވެ.

ހަތް މަރުހަލާއަކަށް ބަހާލައިގެން އިންޑިއާގައި މިހާރު ކުރިއަށްދާ އާއްމު އިންތިހާބުގެ ވޯޓުލުން ވެފައިވަނީ ދުނިޔޭގެ ތާރީހުގައި ކުރިއަށްދާ އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތް ކަމަށެވެ. ސަބަބަކީ އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވެފައި މިހެންވެ އެ ގައުމަކީ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށްވާތީއެވެ.

ގީރް ޖަންގައްޔަކީ ދުނިޔޭގައި މިހާރު އުޅޭ "އޭސިއަޓިކް ލަޔަން"ގެ ބާވަތެއްގެ ސިންގާ އުޅޭ ހަމައެކަނި ގުދުރަތީ ތަނެވެ. އެ ތަނުގައި އުޅެނީ އެންމެ 700 އޭސިއަޓިކް ސިންގާއެވެ.

"މި ޖަންގައްޔަށް އިލެކްޝަންސް ކޮމިޝަންގެ 10 މުވައްޒަފުން ވަދެ އަހަރެންނަށް ވޯޓު ލެވޭނެ ގޮތް ހަމަޖައްސައިދިނުމުން ދޭހަވަނީ ހަމަ ކޮންމެ މީހަކަށް ވެސް ވޯޓު ލެވޭނެ ފުރުސަތު އޮތުމުގެ މުހިންމުކަން،" އުމުރުން 42 އަހަރުގެ މަހަންތު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ހުރިހާ ދަތިތަކެއް ގިރާކޮށްފައިވެސް އޭނާއަށް ވޯޓު ލެވޭނެ އިންތިޒާމް އޮތުމުން އޭނާއަށް އިހުސާސް ކުރެވުނީ "ޑިމޮކްރެސީގެ ބާރާ"އި "ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުހިންމު މީހާ"އަކީ ވެސް އޭނާ ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިގެންވެއެވެ. އަދި ވޯޓު ލުމުގެ ހައްގު އޮތް ކޮންމެ މީހަކު ދިރިއުޅޭ ސަރަހައްދަށް ވުރެ 1.2 މޭލު ދުރު ނޫން ކޮންމެ ތަނެއްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަންގެ ވާޖިބެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *