މިއީ ލޯބީގެރާގެއް އަދި މިއީ ލޯބީގެވާހަކައެއް
މިއީ ދެހިތެއްގެ ފުންމާޒީ ޖަހާ އަބުޖަދުގެ ރަންއަކައެއް
އެހިތް ގުރުބާންކުރީ މިހިތަށް މިހިތް ގުރުބާންކުރީ އެހިތަށް
ދެހިތް ހާސިލްކުރަން ބޭނުންވަނީ ދުނިޔޭގެ އެއްރަހައެއް
އެދުންތައް ގިނަވެގެންގޮސް އުފުލުނަސް މަތިވެރި އުޑާހަމައަށް
އެ ދުންމާރިން އިވޭނީ އަބަދުވެސް ލޯބީގެ އެއްލަވައެއް
މިއަދު އައިސް މާދަމާ ދިއުމީ ޠޮބީޢަތެ ދުންޔަވީ އަބަދީ
މިއަކުނުވެއޭ ފިދާވުމަކުން ލިބޭކަށް ވަކި މިނޫން ފަދައެއް
ހަޔާތުގެ ދޯދިފަށް އަލިހަނދުވަރެއްގެ މަގާމު ހޯދޭތޯ
ވަޔާ އޮއިގާ ދަތުރުކުރި ނައު ޣަރަޤުކޮށްލީ ޖެހުނު ވިލައެއް
ޖެހުނު ޠޫފާނުގައި އެޅިހާހޮނާ ޖެހިހާގުގުރި ނިމުނަސް
ލެވުނު ފުންލަކުނަކީ ދުވަހަކު އަސަރު ނުފިލާނެ ފާހަގައެއް