Support Us

މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރ އަމީން މަޖުލީހުގައި މިއަދު ޖަވާބު ދެއްވަނީ -ފޮޓޯ: މަޖިލިސްގެ އިދާރާ
ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލަ:

ހެލްތް މިނިސްޓަރު އަމީން މަޖިލިސްގެ އިމްތިޔާޒަށް ވަނީ އަރައިގެންފައި: މަޖިލިސް ރައީސް

ކޮވިޑް 19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ގެނައި ވެންޓިލޭޓަރުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މަޖިލިހަށް އޮޅުވާފައިވާ ވާތީ ހެލްތު މިނިސްޓަރ އަބުދުﷲ އަމީނު މަޖިލިހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެޕްރީލް މަހު 28 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ 75 ވެންޓިލޭޓަރު ހޯދުމުގައި ދުބާއީގެ ކުންފުންޏެއްް ކަމަށްވާ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގ" މެދުވެރިކޮށް ވެންޓިލޭތަރުތައް ގަންނަން ހަވާލުކޮށްފައިވާ މަޢުލޫމާތު ހިމެނޭ ސިޓީއާއި އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ ކޮމްޕްލެޔަންސް އޮޑިޓް ރިޕޯޓުން ހާމަވީ ކަންތަކާ އަޅާކިޔާއިރު މަޖިލިހަށް ފޮނުވި ސިޓީ ދިމާނުވުމުގެ ސަބަބުން އިމްތިޔާޒް ކޮމިޓީއަށް އަމީން ހާޒިރުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ވަޒީރު މަޖިލިހަށް ފޮނުއްވި ސިޓީއާއި އޮޑިޓަރ ޖެނެރަލް މަޖިލިހަށް ވަޑައިގެން ދެއްވި ބަޔާނާ އެކުވީމައި އަޅުގަނޑަށް ފެންނަނީ މަޖިލިހުގެ އިމްތިޔާޒަށް އަރައިގަނެވިފައިވާ ކަމަށް. މިބާވަތުގެ ކަންކަމަކީ މަޖިލިހުގެ އިމްތިޔާޒް ކޮމިޓީން ބައްލަވާ ގޮތެއް ނިންމަންޖެހޭ (ކަންކަން)" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ހެލްތު މިނިސްޓްރީން ހިންގައިފައިވާ މުއާމަލާތުގައި ކަރަޕްޝަނަށް މަގުފާހިވާ ގޮތަށް ކަންކަން ކޮށްފައި ހުރުމުގެ ތުހުމަތު ކުރެވޭތީ އެ ކަންކަން ތަހްގީގުކޮށް ނިމެންދެން ހެލްތު މިނސްޓަރ އަމީން މިވަގުތު ހުންނެވީ އަމިއްލައަށް ޒިންމާތަކުން އެއްކިބާވެވަޑައިގެން ގޭގައި މަޑުކުރައްވައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *