"ބޮޑުވެގެން ތަޅަމުން ދިޔައިމާ ބާރުރަނީ ކަށް ގަލަށް"
ކުދި ގެރިން ގޮތް ހުސްވެގެން ގޮސް ދެން އަރާނީ މޮޔަ ބޮލަށް"
ބޮޑެތި މީހުން ކުޑަ ކުދީންނަށް ދައްކަމުންދާ މަންޒަރެއް،
ކުޑަ ކުދީން އެކަމެއް ކުރާނީ ބޮޑެތި މީހުން ދެއްކި ގޮތަކަށް
މައި ބަފައިން ބުނެދޭ ގޮތާ އަދި ކަން ކުރާގޮތް ދަސްވުމުން
ދަރިފުޅަކު އެކަމެއް ކުރާނީ މައި ބަފައިން ވެސް ކުރިގޮތަށް
އުނގެނެމުންދާ ޢުމްރުގައި އެ މުދައްރިސަކު ދައްކާ ގޮތާ
އުނގެނުމަށްފަހުގައި އެކަން ކުރަނީ މުދައްރިސް ބުނި ގޮތަށް
އެއް އަތަށް "ބޮޑު ސޯބު އެނބުރެންޏާ އެހެން ކުދި ސޯބުތައް
އެއް ގޮތަށް ބޮޑު ސޯބު ފަހަތުން އެނބުރެނީ ހަމަ އެއް އަތަށް"
ގައުމަށާ ވަޠަނަށް ތިމާ ލޯބިން ކަމެއް ކޮށްދޭންވިޔަސް،
"ގައުމަށާ އަދި ވަޠަނަށާ ލޯތްބެއް ޖެހޭނީ ޖެއްސި ވަރަކަށް"