Support Us

اللهގެ ކުޅަދުންވަންތަކަން

މިއޮތް ބޮޑު ދުނިޔެއަށް ﷲ ހެއްދެވި ކޮންމެ އެއްޗެއްވެސް
މިއޮތްހާ މީހުނަށް ބޭނުން ނުވާނޭ ނެތް އެކައްޗެއްވެސް

އެނގޭ ﷲ ކުޅަދުންވަންތަކަން ވިސްނައި އުޅޭ ބަޔަކަށް
ނެތޭ ބާޠިލް ގޮތެއްގައި ދުނިޔެއަށް ހެއްދެވި އެކައްޗެއްވެސް

އެއިން ބޭނުން ފުދޭނޭ ކޮންމެވެސް ކަމަކަށް ނުވާ އެއްޗެއް
އެއީ ބޭކާރު އެއްޗެއްކަން އެނގޭކަށް ނެތް އެކައްޗެއްވެސް

ކަނޑާއި ފަޅާއި ޖައްވާ އަދި ފަޒާގައިވާ އެތައް އެއްޗެއް
ނަގައިގެން ބޭނުމެއް ނުފުދޭ ނެތޭ ފެންނަން އެކައްޗެއްވެސް

އެތައް ބާވަތުގެ ޖަނަވާރާ އެތައް ސޫފާއި ސޫފިތަކާ
އެތައް ކަމަކަށް އެއަށް ބޭނުން ނުވާނޭ ނެތް އެކައްޗެއްވެސް

އެހާގިނަ ގަސްގަހާ ގެއްސާ އެހާގިނަ ވެޔޮ ވެލާ ވެއްޔާ
އެހާގިނަޔަސް އެއިންބޭނުން ނުކުރެވޭ ނެތް އެކައްޗެއްވެސް

ވަރަށްގިނަ މަސްމަހާ މެއްސާ ވަރަށްގިނަ ދޫނިސޫފިތަކާ
ވަރަށް ގިނަޔަސް އެއިން ބޭނުން ނުފުދިދާ ނެތް އެކައްޗެއްވެސް

އެއީ ހިލަޔާ އިފަރުބަދަޔާ ގަލާ ވެއްޔާ ކިސަޑު ނަމަވެސް
އެއިން އެކި ކަންކަމަށް ބޭނުން ނުކުރެވޭ ނެތް އެކައްޗެއްވެސް

އެތައް ބާވަތުގެމޭވާޔާ އެތައް ބާވަތުގެ ރަހަ ރަހަޔާ
އެތައް ފައިދާ އެއިން ނުލިބޭ! ބުނާކަށް ނެތް އެކައްޗެއްވެސް

އަދަދުނުއެވޭ އެތައް އެއްޗެއް ކަނޑާއި ފަޅާއި އަދި ބިމުގައި،
އަދަދު ގިނަޔަސް އެއިންބޭނުން ނުފުއްދޭ ނެތް އެކައްޗެއްވެސް

އިލާހީ ޙިކްމަތާ ރަޙްމަތްފުޅުން ހުރިހާކަމެއް ހިނގަނީ
ޚިލާފެއް ނެތް މިއާމެދުގައި ބުނާކަށް ނެތް އެކައްޗެއްވެސް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *