Support Us

ރައީސް ޔާމީނާ ގުޅޭގޮތުން އިމްރާން ހައްދަވަނީ އިތުރުފުޅު: އާއިލާ

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ  އިމްރާން އަބްދުﷲ ފަތުރައްވަވާ ހަބަރުތަކަކީ އިތުރުފުޅު ހައްދަވައިގެން ފަތުރައްވަވާ ވާހަކަތަކެއް ކަމަށް ރައީސް ޔާމީންގެ އާއިލާއިން ބުނެފިއެވެ.

ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ގާނޫނީ ވަކީލެއްގެ ފުރުސަތު ނުދެއްވައި، އެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށެވެ.

އަދި އެފަދަ ކަމަކުން މަހްރޫމް ކުރުމަށްފަހު ހޯމް މިނިސްޓަރ އިމްރާން ވަނީ އެކި މީޑިޔާތަކުގައި ރައީސް ޔާމީނަށް ނިސްބަތްކުރައްވައި އެއްވެސް އަސްލެތް، ހަގީގަތެއް ނެތް ވާހަކަތައް ފަތުރުއްވާފައި ކަމަށެވެ. އެކަން އެގޮތަށް އިމްރާން ކުރެެއްވުމުން އާއިލާއަށާއި ރައީސް ޔާމީނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައިވާ ކަމަށެވެ.

"ހޯމް މިނސްޓަރ ހިންގި މުޑުދާރު އަމަލުތަކުގެ ސަަބަބުން ރައީސް އަބުދުﷲ ޔާމީނަށާއި އެމަނިކުފާނުގެ އާއިލާއަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައިވޭ. ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ފުރަތަމަ ރައީސުލްޖުމުހުރިއްޔާއާ މެދު މިފަދަ އިހާނެތި ގޮތަކަށް ކަންކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގެންނާނެ ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންް ކޮށްފައިވާ ހުކުމް އެމަނިކުފާނު އިސްތިއުނާފު ކުރެއްވެވި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފައިވައި ވަނިކޮށް ދައުލަތުން އިތުރު ދައުވާތަކެއް އުފުލައި ކޯޓަށް ފޮނުވައިފައިވާ ދަނޑިވަޅެއްގައި އެމަނިކުފާނު ދިފާއުވެ ވަޑައިގަތުމަށްޓަކައި ބޭނުންވާ ވަކީލުންގެ ހައްގުން މަހްރޫމްކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ހައިކޯޓާއި ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރާ ވެސް ސަރުކާރުން ހިލާފުވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *