Support Us

ވެރުމާއި ވެއްޓުން

ގަދަ ވަޔާ އެކުގައި އިނގޭތޯ "ވެއްޓެނީ" ހަމަ ޕޯސްޓަރެއް
އަދަދު ނެތި ގިނަކޮށް އިނގޭ "ވެރެނީ" އެ ހުރިހައި ޕޯސްޓަރެއް

"ވެއްޓުނީ" ކާށްޓެއް، ރުކެއް، "ވެރެނީ" އިނގޭ ރުއްގަސްތަކޭ
"ވެއްޓުނީ" ތިން ޕޯސްޓަރޭ "ވެރިފައި"މެ އެބަ ހުރި ބައިވަރެއް

***

"ވެއްޓުނީ" އަނގައިން ދަތެއް! ދަތްތައް އެކީ "ވެރުމޭ" އޮތީ
"ވެއްޓެނީ" ރުކަކުން ފަނެއް ފަންތައް "ވެރުން" ކިޔުމޭ ހެވީ

ބަލަ! ފުރާޅުން ޓިނުގަނޑެއް އެކުގައި ވަޔާ "ވެއްޓޭ"ނެނީ
ތަލަވަނީ! އިސްތަށި ބޮލުން "ވެރި" ހުސްވުމުންނޭ ބުނެވެނީ

އަނބުގަހުން އެއް އަނބު ބިނީމާ ގަސްދޮށަށް ބަލަ "ވެއްޓެނީ"
ދަނބު ގަހެއް ހަލުވައިލުމުން ދޮންދަނބުތަކޭ "ވެރި"ގަންނަނީ

މި ބުނި ގިނަގުނަވީ މިސާލަށް ވިސްނުމުން އެނގިދަސްވުމުން.
މި ބުނި ހަމަތަކުގައި ހިފީމާ ހެޔޮ ގޮތަށް ބަސް ބުނެވެނީ

މީގެ އިސްތިސްނާތަކެއް ހުއްޓަސް ރަނގަޅު ހެޔޮ ހަމަ ގޮތީ
މީގެ ހަމަޔަށް މި ބުނި ގޮތް ފުރިހަމަ އުސޫލުން އެނގިވަނީ

ބަހުގެ ހަމަތައް އޭގެ ހެޔޮ ގޮތުގައި ޖެހޭ ބޭނުން ކުރަން
އަހުރެމެން ދިވެހިންގެ މައްޗަށް ކަން މި އޮތް ލާޒިމުވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *