ނިދި ފިލައްޖޭ ރޭ އިވުނު ފޮނި ޚަބަރަކުން
އިނދެވުނީ ހޭލައި ދެކެން މަންޒަރުތަކުން
ބާރުތައް ދައްކައިލުމުން އީރާާނު ހުރި
ބާާރުތައް ލުހިގެންފިޔޭ ހުރި މޫތަކުން
ސުންނަތާ ވާޖިބު ފަރުޟުތައް ހަނދުމަކޮށް
އުންމަތާ ހޭލާށެ ބޮޑު އިބުރަތްތަކުން
ފިސްވެ އިނދަޖެހެނީ އަދުއްވުން މުޝްރިކީ
އިސްވެގެން އީރާން ދިން ހަމަލާތަކުން
ޢަޞްރެކޭ ޣައްޒާ ފަލަސްޠީން ދުށް އުފާ
ނަޞްރަށޭ އެދިއެދި ވަނީ މި ދުޢާތަކުން