Support Us

މަސްވެރިންގެ ހާލަތު ރަނގަޅު ކުރުމަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މަސްވެރިންނަށް ހަމަ އަގު ހޯދައިދީ، މަސްވެރިންގެ ހާލަތު ރަނގަޅުކޮށްދިނުމަށް ކުރީގެ ސަރުކާރުން ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒް ކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅަމުން ބޭރުކޮށްލައިފިއެވެ.

ޖާބިރުގެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ މަސްވެރިންނަށް ހަމަ އަގު ނުލިބޭ ކަމަށާއި ކިރާ މަސްކޮޅަށް ވަގުތުން ފައިސާވެސް ނުލިބި، ފައިސާގެ ރަސީދު ދިނުމަށްފަހު ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަމުންދާ ކަމުގައެވެ. އަދި މީގެ އިތުރަށް ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަަބަބުން މަސްވެރިންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ އެމީހުން ނިކަމެތިވެފައިވާ ކަމަށް ކުއްލި މައްސަލާގައި ވެއެވެ.

މަޖިލީހުގެ ތަޅުމުގައި ކުއްލި މައްސަލަ ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓްގައި ބަލައިގަންނަން ފެންނަ ކަމަށް 18 މެންބަރަކު ވޯޓް ދެއްވިއިރު އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 19 މެންބަރަކު ވޯޓްދެއްވުމާ ގުޅިގެން އެ މަައްސަލަ ވަނީ ބާތިލްވެފައެވެ.

ޖާބިރު ވިދާޅުވީ މަސްވެރިންނަަށް ހައްގުތައް ކަަށަވަރުކޮށްދިނުމަށްޓަކައި ޗައިނާއާއި ރާއްޖެއާ ދެމެދު ހަދާފައިވާ މިނިވަން އެއްބަސްވުން އަވަހަށް ތަންފީޒުކޮށް، މަސްވެރިންނަށް ދޭންޖެހޭ ހައްގުތައް އަވަސްކުރުމަށް ބަރުއަޅުއްވާ ކަމަށާއި، މިހާ ދުވަސްވެގެން ދިޔައިރު އެކަންކަން ނުކުރެވޭތީ އެކަމާ ކަންބޮޑުވެ ވަޑައިގެންނަވާ ކަމަށެވެ.

ޗާއިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީނާއި ޗައިނާގެ ރައީސް ސިޖީންޕިންއާ ދެ ބޭފުޅުން ސޮއިކުރެއްވި އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް އޭރުގެ ރައްޔިތުންގެ މަޖިލިހުން ވަނީ ރުހުންވެސް ދީފައެވެ. ނަމަވެސް އޭރު އިދިކޮޅުގައި ތިއްބެވި މިހާރުގެ ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވީ އެ އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު އަޅުވެތިކުރުވޭ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *