ހަނދުމަތައް އޭނާގެ އަދިވެސް އެބަ އުޅޭ މިހިތުގެ ތެރޭ
އެނދުމަތީގައި އޮތް ކަމަކު ނިދިވެސް ވަނީ ހައްތާ ދުރޭ
ފަނޑުއަލީގައި ދާދިގާތުން ހިޔަނިވީހެން ހީވުމުން
މަޑުމަޑުން ހަނދުމައިގެ ވާފަށް، ނިއުޅި އަސަރުން ހިތް ވިރޭ
އެކުވުމަށް އުއްމީދުކޮށްގެން، ދުށް އެތައް ހުވަފެންތަކެއް
ބިކަވެ ހިތުގައި މަރުވެދާތީ ކަރުނައިން މި ދެލޯ ފުރޭ
އިޝްޤުގައި ތިޔަ ޖައްސަމުން، ދީވާނަ މޮޔަ ހިތް ކުރުވަމުން
ލަޝްކަރަށް ކުށް ހީ ގެ ދަޢުވަތު ދިންގޮތުން އެގަތީ ބިރޭ
ތުހުމަތާއި ޝިކާޔަތާ ދޮގު އަޅުވަމުން ލޯބީގެ މާތް
އަހުދުތައް ކޮށްފައި އުވާ ފަސްދީ ދުރަށް ދިޔައީ އެރޭ
އަދު މިހެން ހިނިތުންވެފައި ހުރިތަން ލޮލަށް ފެނުނަސް ކަލާ
ތެދު ހަޤީގަތަކީ އެނގޭހޭ؟ ވިންދު ހުއްޓަސް ހިތް މަރޭ