ފުއްސަވާ ރުއްސެވުން ހޯދުމަށް ތެދުވަމާ
ވެއްސަވާ އަޖުރު ރަޙުމަތުގެ ހޯދާލަމާ
ބަރަކަތާ ރަޙުމަތުގެ ހެޔޮ މި މާތް މައްސަރުން
ދަރުމަޔާ ހެޔޮ ސަވާބަށް މި ކުއްތަންވަމާ
މުއްތި ކޮށްދެއްވުމަށް ނަރަކައިން އަޅުތަކުން
އަތްތަކޭ ވީ ނަގައި ހެޔޮ ދުޢާކޮށްލަމާ
ހިތްތަކުން ޣަފްލަތާ އަނދިރިކަން ފިލުވަމުން
ކުށްތަކުން ދިނިވުމަށް މި ހިނދު ތަޢުބާވަމާ
ޙަސަދައާ ނަފުރަތާ ތިޔަ ހިތާ ގާތްނުކޮށް
ކިސަޑު މިލަ ދަބަރު ފިލުވާށެ ހިތްވަރުލަމާ
ހޯދުމަށް ލައިލަތުލް ޤަދުރު މަޑު ޖެހިނުލާ
އަދު ދުޢާ ޒިކުރުގައި ނަފުސު ހާނާލަމާ