އަހަރެމެންގެ ދިރިއުޅުން ސަވާރީއެއްގެ ފުރޮޅުތައް ފަދައެވެ.
ފެނެއެވެ. ހާލު އެނގެއެވެ. އެހެނެއްކަމަކު މިލްޖުލްވުމެއް ނެތެވެ.
ދިރިއުޅުމުގައި އަހަރެމެން މި ތިބީ "ބިޒީ"ވެފައެވެ.
ހަޔާތް ބާއްޖަވެރިކުރެވޭތޯ ގޭނެގޭނުން އަހަރެމެން އެކަކު އަނެކަކަށް އެބަ ފެނެއެވެ.
އަހަރެމެންގެ ޖިސްމު މިލްޖުލް ނުތްވެއް ކަމަކު ބޭނުން ވެއްޖެ ކޮންމެ ހިނދަކުމެ އަހަރެމެންގެ ޒަމީރު އެބަ މިލްޖުލްވެއެވެ.
އަހަރެމެން ކިތަންމެ ދުރުގައި ތިއްބަސް އަހަރެމެންގެ ރޫހު ވަނީ އެކުގައެވެ.
ހާޞިލްވުން ނެތް ކަންކަން ހުއްޓަސް، އަހަރެމެންގެ ހިތްތައް ވަނީ އުންމީދުން ފުރިފައެވެ.
ބައްދަލުވެ މިލްޖުލްވުމުގެ ނަސީބު ނެތަސް އަހަރެމެންގެ ރޫޙާައި ފުރާނަ ހިިނިތުންވެ މިލްޖުލް އެބަ ވެއެވެ.
ކެތްތެރިކަމުގައި މިހެން ދުވަސްތައް ގުނަނިކޮށް ދުންޔަވީ ހަޔާތުގެ ލިބާސް ބާލައި ހަގީގީ ދުނިޔެއަށް ދަތުރުކުރުމުގެ ވަގުތު ޖެހިދާނެއެވެ.
އުފާވެރި މިލްޖުވުމެއްގެ ފޮނި އިންތިޒާރީގައި ތިއްބައެވެ.
ހެޔޮ ދުއާ ކުރުމުގައި އަތްތައް އުފުލައުފުލަ ތިއްބައެވެ.