...

Support Us

ހައިޕަސޮނިކް މިސައިލް އުތުރު ކޮރެއާއިން ކާމިޔާބުކަމާއެކު ތަހުލީލުކޮށްފި

ހައިޕަސޮނިކް މިސައިލެއްގެ ހުރިހާ ކަމެއް ކާމިޔާބު ކުރެވިއްޖެ ކަމަށް އުތުރު ކޮރެއާއިން މިއަދު ބުނެފިއެވެ.

އެ ގައުމުން އިއްޔެ ވަނީ ދިޔާ ތެލުގެ ބަދަލުގައި ހިކި ތެޔޮ ބޭނުންކުރެވޭ ނިޒާމެއް މިސައިލްގައި ބޭނުން ކުރެވޭތޯ ކުރި ޓެސްޓް ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ.

ދިޔާކޮށް ހުންނަ ތެލަށް ވުރެ ހިކިކޮށް ހުންނަ ތެޔޮ ބޭނުން ކުރާ ހައިޕަސޮނިކް މިސައިލް އުދުއްސާލަން ފަސޭހަ ވެފައި ދަތުރު ކުރާ ދުވެލި އިތުރެވެ. އަދި ތަންތަނަށް ގެންދާށާއި ފޮރުވަން ފަސޭހައެވެ.

ހައިޕަސޮނިކް މިސައިލްގެ ހާއްސަ ކަމަކީ އަޑު ދަތުރު ކުރާ ދުވެއްޔަށް ވުރެ ފަސް ގުނަ ބާރަށް މި މިސައިލް ދަތުރު ކުރާތީއެވެ. މާނަ އަކީ ސިކުންތަކު ފަސް މޭލުގެ ރާސްތާއެއް ކަޑައްތު ކުރެވުމެވެ.

ހައިޕަސޮނިކް މިސައިލް އުތުރު ކޮރެއާއިން ތަރައްގީ ކުރަމުންދަނީ ވީހާވެސް ދުރުރާސްތާގެ އަމާޒުތަކަށް ވާސިލުވޭތޯ ބެލުމަށެވެ. އެ ގޮތުން އުތުރު ކޮރެއާގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ގުއާމް އަށް މި ފަދަ މިސައިލް ފޯރާނެ ކަމަށް އުތުރު ކޮރެއާއިން ބުންޏެވެ. ގުއާމްއަކީ ފިލިޕީންސް ކައިރީގައި އޮންނަ އެމެރިކާގެ ޖަޒީރާއެކެވެ.

އުތުރު ކޮރެއާގެ ރަސްމީ މީޑިއާ "ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ" (ކޭ.ސީ.އެން.އޭ.) ބުނީ ހިކިކޮށް ހުންނަ ތެޔޮ ހައިޕަސޮނިކް މިސައިލްގައި ބޭނުން ކުރެވޭކަން އެނގިގެން ދިޔަ ޓެސްޓް ބައްލަވައިލެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަޑައިގަތް ކަމަށެވެ.

އެ އޭޖެންސީން ބުނީ އެމެރިކާ އާ ހިސާބަށް ފޮނުވާލެވޭ އިންޓަކޮންޓިނެންޓް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް.) އާ އެއްވަރަށް ހައިޕަސޮނިކް މިސައިލް ވެސް މުހިންމު ކަމަށެވެ. އެ ގޮތުން ހައިޕަސޮނިކް މިސައިލެއް އުފައްދަމުންދާކަން ކިމް އިއުލާން ކުރެއްވީ 2021 ގައެވެ.

ދިޔާ ތެލުގެ ބަދަލުގައި ހިކި ތެލެއް ބޭނުންކޮށްގެން ހައިޕަސޮނިކް މިސައިލެއް އަލަށް ޓެސްޓް ކުރީ ޖަނަވަރީ މަހުއެވެ. ނަމަވެސް އެ ޓެސްޓްގެ ނަތީޖާއަކީ ކޮބައިކަން ކިމް ހާމައެއް ނުކުރައްވައެވެ.

އިއްޔެ ޓެސްޓް ކުރި ހިކި ތެޔޮ ބޭނުން ކުރާ އިންޖީނުގެ ތަފުސީލުތައް ވެސް ކޭ.ސީ.އެން.އޭ. އިން ނުދެއެވެ. ބުނިހާ ވެސް އެއްޗަކީ ޓެސްޓް ކާމިޔާބު ކަމަށެވެ.

އުތުރު ކޮރެއާއިން ވަނީ 2022 ވަނަ އަހަރުއްސުރެ މިސައިލްތަކެއް ޓެސްޓް ކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން، އުތުރު ކޮރެއާގެ ހަމަލައެއް އަތުވެދާނެތީ، އަވައްޓެރި ދެކުނު ކޮރެއާ އާއި ޖަޕާނާއި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތައް ފުޅާ ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.