Support Us

އަދިވެސް ޖަވާބު ބޭނުންވާ އެތައް ސުވާލެއް

ވޭތުވީ ފަސްއަހަރު ނިމިދިޔައިރު ޤައުމުއޮތް ޙާލަތެއް
ބޭރު ގައުމުތަކަށް ދަރާފައިއޮތް ދަރަނި އޮތް މިންވަރެއް

ދައުލަތުގެ ރިޒާވުގައި ހުރި ދިވެހި ފައިސާޔާ ޑޮލަރު،
ދައުލަތަށްވެސް ވީނުވީއެއް ނޭނގި ގޮސް ހުސްވީ ގޮތެއް

ދައުލަތުގެ އެކިއެކި ޢިމާރާތް ރަހުނުކޮށް، މޯގޭޖުކޮށް،
ދައުލަތަށް ނެގި ލާރިޔަށްވެސް ކުރިކަމެއް އަދި ހެދިގޮތެއް

ބޮންޑު ވިއްކައިގެން އެތައް މިލިޔަނުގެ ފައިސާއެއްނަގައި
ކޮންކަމެއްތޯ ރައްޔިތުންނަށް އޭގެ ފައިދާ ކުރިގޮތެއް

ކޮވިޑު ޙާލަތުގައި ހިލޭ އެކި ގައުމު ޤައުމުން ދިން ޑޮލަރު
އެފަދަ ޙާލަތުގައި އުޅެނިކޮށް ވީނުވީ ނޭނގުނު ގޮތެއް

ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި އެތައް މިލިޔަން ޑޮލަރު،
ވެންޓިލޭޓަރު، އަދި ޑޮލަރުވެސް ނުލިބި، މައްސަލަވީ ގޮތެއް

ނުހަނު ނާޒުކު އިިިޤްތިޞާދީ ޙާލަތެއްގައި ޤައުމު އޮވެ،
ނުހަނުގިނަ ފައިސާ ޖަހައިގެން ޗާޕުކޮށްގެން ކުރިކަމެއް

ފަސްއަހަރު ދައުރެއް ނިމުނުއިރު، މަސްވެރީންނަށް ދޭންޖެހޭ
ފައްސަތޭކަ އެތައް އެތައް، މިލިޔަން ނުދީ ބޭއްވުނު ގޮތެއް

ރައްޔިތުން ފައިސާއިން އެކްޓިވެސްޓުންގެ އެކި ކުންފުނިތަކަށް،
ލައްކަޔާ އަދި މިލިޔަނުން ފައިސާ ޖަމާކޮށްދިން ގޮތެއް

ފަޅުތަކާ އަދިކަނޑުތަކާ އަދި ބިންތަކާ ފަޅުރަށްތަކާ
ޢަހުދުކޮށް ދިންއިރު ދެމެދުގައި ލިޔެވިފައިވާ އެގްރިމެންޓެއް

ދައުލަތުގެ ކުންފުނިތަކުންވެސް ޢާއްމު އެކިއެކި ފަރުދުނަށް،
ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތް ގޮތެއް

"ފަހު ތަޅާލުންގަނޑު ތެރޭގައި" ދައުލަތުގެ އެކި ކުންފުނިން،
ވަކިގޮތެއް ނުބަލައި ދެހާސް، ތިންހާސް ވަޒީފާ ދިންގޮތެއް

ޕާލަމެންޓު މެޖޯރިޓީ ލިބި ފަސްއަހަރު ފާއިތުވިއިރުގާ،
ފާލަމެއްވެސް ނުނިމި، ތިންތަނބުވެސް ކޮޅަށްނުޖެހުނު ގޮތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *