Support Us

ފާޑުކިޔާއިރު މާޒީވެސް ހަނދާންކޮށްލަންޖެހޭ

ފާޑުކިޔަކަސް ފާއިތުވި މާޒީ ހަނދާން ކޮށްލަން ޖެހޭ
ކާކުތޯ ރަނގަޅީ ބަލަންވެސް ފުރުސަތެއް އަދި ދޭންޖެހޭ

ރަނގަޅު ނުރަނގަޅު ހޯދިގެން ނޫނީ ރަނގަޅު ނުވެވޭނެކަން،
ރަނގަޅުކުރުވަން ތިބި ބަޔަކުނަމައީ، މިކަން ދަންނަން ޖެހޭ

މުޅިގައުމު އެއްކޮށް ދަރައިގެން ބޯހިކެންނެތްހާ ދަރަނި،
ވެރިކަމަށްއައި ބަޔަކު ބޮލުގައި އެޅުނުކަން ދަންނަން ޖެހޭ

ތެދު ޙަޤީގަތް ޢަމްދަކުން ނެތްހާ ނުބައި ދޮގުތައް ހަދަން،
މެދުވެރީން ކަމުގައި ވަނީނަމަ ތެދު ބުނަންވެސް އެބަޖެހޭ

ދާދި އިހަކަށްދުވަހު ހިނގިހާ ކޮރަޕްޝަން މާޒީވިޔަސް
އާބަޔަކު "ބިތުފަން ނަގާނޭ" ވަގުތުވެސް އަދި ދޭންޖެހޭ

"ހަސްފަށެއް ނެތިގޮސް އެކީ ފުނޑުފުނޑުވެފައިވާ ދައުލަތެއް"
ފަސް މަހުން އޮފްދާރު ކޮށް ދެއްކޭނެތޯ ވިސްނަންޖެހޭ

ވޭތުވީ ދައުރުގެތެރޭވެސް، ރައްޔިތުން ހިތް ނުރުހިވެސް،
ވޭތުކޮށްލަން ފަސްއަހަރު ދިންކަން ހަނދާންކޮށްލަން ޖެހޭ

ވެރިކަމުގެ ފަސްއަހަރު ދިޔައިރު ފުދުނުހާވެސް ވަަަަޢުދަކީ،
"ގެރިއަކަށް ޔާމީނު ކަތިލުން" އެކަނިކަން ދަންނަންޖެހޭ

ކަންކަމަށް ރާވައި، ހަދައި އޮތް ރަނގަޅު ޙައްލެއް ހޯދުމަށް،
"ފަސްއަހަރު ޤާނޫނު އެބުނާ ހަމަކުރަން ދޫދޭން" ޖެހޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *