Support Us

ބުޅަލުގެ ފޮޓޯއިން ޖޫރިމަނާ ދެއްކޭ ކުތުބުހާނާއެއް

ކުތުބުހާނާއެއްގެ މެންބަރަކަށްވެ، ކިޔާލަން ގެއަށް ގެންދާ ބައެއް ފޮތް، ކޮންމެވެސް ގޮތަކުން ގެއްލި ނުވަތަ ހަލާކުވާ ފަހަރު ދިމާވެއެވެ. މިހެންވެއްޖެ ނަމަ، އޭގެ ޖޫރިމަނާ ދައްކަން ޖެހެއެވެ. އާއްމު ގޮތެއްގައި ފައިސާއިންނެވެ. ނުވަތަ އެހެން އާ ފޮތެއް ހަދިޔާކޮށްގެންނެވެ.

އެމެރިކާގެ ކުތުބުހާނާއަކުން މިހާރު ވަނީ ޖޫރިމަނާ ދެއްކުމުގެ އާ ގޮތެއް ތައާރަފުކޮށްފައެވެ. އެއީ ހަލާކުވާ ނުވަތަ ގެއްލޭ ކޮންމެ ފޮތަކަށް ބުޅަލެއްގެ ފޮޓޯ ހަދިޔާ ކުރުމަކުންނެވެ.

މަސަޗޫސެޓްސް ސްޓޭޓްގައި ހުންނަ ވޯސްޓާ ޕަބްލިކް ލައިބްރަރީއިން "މާރިޗު މިޔާއޮ"ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ޕްރޮގްރާމްގެ ދަށުން މި މަސް ނިމުމުގެ ކުރިން ކޮންމެ މެމްބަރަކަށް ވެސް މި ގޮތަށް އަމަލު ކުރުމުގެ އިހުތިޔާރު ދީފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ފޮޓޯގެ އިތުރުން ބުޅަލުގެ ކުރެހުމެއް ވެސް ބަލައިގަނެއެވެ. އަދި މީގެ އިތުރުން "ބޮޑެތި" ބުޅަލުގެ އާއިލާގައި ހިމެނޭ މިނިކާވަގާއި ސިންގާގެ ފޮޓޯ ވެސް ބަލައިގަންނާނެ ކަމަށް އެ ކުތުބުހާނާއިން ވަނީ ބުނެފައެވެ.

"ބުޅަލެއް ނުގެންގުޅުނަސް ބުޅަލެއްގެ ފޮޓޯ ކުރަހާފައި ހުށަހެޅިއަސް އަހަރެމެން ބަލައިގަންނާން،" ކުތުބުހާނާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޖޭސަން ހޯމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަހަލަ ޕްރޮގްރާމެއް ހިންގުމުގެ ހިޔާލު ލިބުނީ ކޮވިޑްގެ ވަބާއަށް ފަހު، ވަރަށް ގިނަ ޒުވާން މެންބަރުން އެކި ކަހަލަ ޖޫރިމަނާތައް ދައްކަން ޖެހިފައިވާތީ ކަމަށެވެ.

ކުތުބުހާނާއިން ބުނި ގޮތުގައި މި މަހު ފުރަތަމަ ފަސް ދުވަހު ވެސް 400 އަށްވުރެ ގިނަ މެންބަރުން ވަނީ ބުޅަލުގެ ފޮޓޯ އާއި ކުރެހުން ހުށަހަޅައިގެން ޖޫރިމަނާ ދައްކައި ހަލާސްކޮށްފައެވެ.

މި ލިބުނު ތާއީދާއެކު ލައިބްރަރީން ބުނީ މިހާރު އެހެނިހެން ޖަނަވާރުގެ ފޮޓޯ އާއި ކުރެހުން ބަލައިގަންނަ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުއްތާ އާއި ރެކޫން އާއި އޯކާ އަދި ކެޕީބަރާ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *