Support Us

ޑްރައިވަރު ނެތި އިންޑިއާގައި ރޭލެއް 43 މޭލަށް ދަތުރުކޮށްފި

ރޭލު އެކްސިޑެންޓްތަކަކީ އެންމެ ގިނައިން މީހުން މަރުވެ، އެންމެ ގިނައިން މީހުން ޒަހަމް ވާ މަގުމަތީގެ ހާދިސާތަކެވެ. ބައެއް ފަހަރަށް އެއް ރޭލު އަނެއް ރޭލާ މުޑިއަރައި، ނުވަތަ ޓްރެކުން ނައްޓާލައި ފުރޮޅިގެން ހިނގާ ހާދިސާތަކުންނެވެ.

އިންޑިއާގައި މި އަހަރުގެ ތެރޭގައި ވެސް ވަނީ މި ކަހަލަ ހާދިސާއެއް ހިނގާފާނެ ފަދަ ކަމެއް ކުރިމަތިވެފައެވެ؛ އިމާރާތް ކުރުމަށް ބޭނުން ކުރާ ހިލަވެލި ގެންދާ ރޭލެއް ވަނީ ޑްރައިވަރަކު ނެތި 43 މޭލަށް ދަތުރުކޮށްފައެވެ.

ކަޝްމީރުން ޕަންޖާބަށް ދަތުރުކުރި މި ރޭލު ހުއްޓުމަކަށް ގެނުވީ ޓްރެކް މައްޗަށް ބޮޑެތި ލަކުޑި ބުރިތަކެއް އަރުވައިގެންނެވެ. ރޭލު ދުވަމުން ދިޔަ ސްޕީޑަކީ ގަޑިއަކު 62 މޭލެވެ.

އިންޑިއާގައި ރޭލު ދަތުރުތައް ބަލަހައްޓާ އިދާރާއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މި ކަމެއް ހިނގީ އޭގެ ޑިއުޓީގައި ތިބި މުވައްޒަފުން ޝިފްޓް ބަދަލު ކުރަން ޖައްމޫގައި މަޑުކުރި ވަގުތުއެވެ. ރޭލު "އަމިއްލަ"އަށް ދަތުރު ކުރަން ފެށީ ޑްރައިވަރާއި އޭނާގެ އެހީތެރިޔާ ރޭލުން ފޭބުމަށް ފަހުއެވެ.

ރޭލު "ނައްޓާލުމުން" އޭގެ ޓްރެކާ ގުޅޭ ހުރިހާ މަގެއް ވަނީ ބަންދުކޮށްފައެވެ.

މިއީ އިންޑިއާގައި ދުވާލަކު އެތައް މިލިއަން ފަސިންޖަރުން ރޭލު ބޭނުންކުރާ ރޭލު ވިއުގައަށް ދިމާވި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.

މި ކަހަލަ ހާލަތްތައް ކުރިމަތިވާތީ އިންޑިއާއިން އަންނަނީ ޒަމާނީ ފެންވަރުގެ ސްޓޭޝަންތައް ހަދައި، އިލެކްޓްރޯނިކް ޒަރީއާއިން ސިގްނަލް ދޭ ނިޒާމު ވެސް ގާއިމު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *