ތިޔަ ހަނާއަޅަނީ ބަރާއަތު ފަތުރަމުން އާދޭހުގައި
ހިޔައެތައްހާސް ނިޢުމަތެއް އިއުލާނުކުރަމުން ދޭހުގައި
ރަޙުމަތުގެ ވަސްމީރު ކަސްތޫރިން ފަޒާ އެއްވަސްކުރާ
ޝަހުރުރަމަޟާނުގެ ޤުދޫމަށް ތިރިވަނީ އަޅުދާހުގައި
ކަރުނަވީޢަމަލުން ހަޔާތަށް ދެވުނު ހަމަލައިން މިންޖުވާން
ދަރުމައަށް އެދި ތެންމަނީ ލޯތައް އަލުން މިޙުރާބުގައި
ޣާފިލުން ލޯހުޅުވުމެއްނެތި ލެފުނު އަރިކަށި ތަންމަތިން
ހާސިލުން ބަރަކާތް ފުރާލަން ތެދުވަނީއޭ ސަޙަރުގައި
ހިތުގެހެން ނޫރުންދިހޭ އަދި އަތުގެކަން ދީލަތިއޮހޭ
ފަތުރަނީ ފަސްބައިގެ ހިޔަލޭ މިތުރުނަށް ހެޔޮ ކުލުނުގައި
މާދުރުން ނޫން ފެންނަ މަންޒިލަކަށް އަމާން ދަތުރެއް ކުރާން
ވާދައަށް އަސްދުއްވަނީއޭ ޢާބިދުން ހަލި ރޭހުގައި
އޭ މަގޭ މިތުރާގެ ޞުޙުބަތުގައި ހިމޭންކަން ދެއްވަވައި
ރޭދުވާ ޒީނަތް ކުރައްވާނދޭ الهى ނޫރުގައި
ފުއްސަވާ އަދި ރުއްސަވާ އަދި ދިންނަވާ މިމަގާމުގައި
އުސްތުނބަށް މިއަޅާގެ ތަށި ލައްވާށިއޭ ބަރަކާތުގައި