Support Us

ޗައިނާ ނިކަމެތިކޮށްލަން އެމެރިކާ ހައްދުފަހަނަޅާ ވަރަށް މަސައްކަތްކުރޭ

ޗައިނާ ނިކަމެތި ކޮށްލުމަށް އެމެރިކާއިން ހައްދުފަހަނަޅާ ވަރަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ކަމުގެ ސަބަބުން އެމެރިކާ އާއެކު ގާތްގުޅުމެއް ބާއްވަން ދަތިވެފައިވާ ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ އިއްޔެ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލީހާ މުހާތަބު ކުރައްވަމުން ވަންގް ވިދާޅުވީ ޗައިނާގެ ކުރިއެރުމަށް ހުރަސް އެޅުމަށް އެމެރިކާ "އޮބްސެސް"ވެފައި ނުވަތަ އެ ނޫން ކަމަކާ މިހާރު ނުވިސްނާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މި ކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ކަމަށްވާ އެމެރިކާ އާއި ޗައިނާ ގާތް ގުޅުމެއް ބޭއްވުމަށް ހުރަސް އެޅިފައިވާ ކަމަށް ވަންގް ވިދާޅުވިއެވެ.

ޗައިނާ އާއި އެމެރިކާގެ ގުޅުން އެންމެ ގޯސް ވީ މިދިޔަ އަހަރުއެވެ. އެއީ ޓެކްނޯލޮޖީ އާއި ވިޔަފާރި އާއި އިންސާނީ ހައްގުތަކާއި ޓައިވާންގެ މިނިވަންކަމާއި އެމެރިކާ މަތިން ވައްޓާލި ކަމަށް ބުނާ ޗައިނާގެ ޖާސޫސީ "ފުއްޕާހަމެއް"ގެ މައްސަލަ އާއި ޔޫކްރެއިން އަދި މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަތަކާމެދު ޗައިނާ އާއި އެމެރިކާ އެއްގަލަކަށް ނޭރުމުންނެވެ.

ވަންގް ވިދާޅުވީ އެމެރިކާ އާއި ޗައިނާގެ ގުޅުން "ކޮންމެވެސް ވަރަކަށް ބަދަހިވެފައި"ވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޗީ ޖިންޕިންގް ބައްދަލު ކުރެއްވުމާ ގުޅިގެން ކަމަށެވެ.

"އެކަމަކު އެމެރިކާއިން ޗައިނާއާމެދު ނުރަނގަޅު ތަސައްވަރެއް ގެންގުޅޭ. އަދި ޗައިނާގެ ކުރިއެރުމަށް ހުރަސް އަޅަމުންދޭ،" ވަންގް ވިދާޅުވިއެވެ.

މި ކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޗައިނާގެ ޓެކްނޯލޮޖީ އާއި އެހެން ސިނާއަތްތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ކަމަށާއި މި ފަދަ ފިޔަވަޅުތައް މިހާރު ވަނީ "ބުނަން ވެސް ނޭނގޭ ފަދަ ހެއްވާ މިންވަރަކަށް އިތުރު ވެފައި" ކަމަށް ވަންގް ވިދާޅުވިއެވެ.

"އެމެރިކާއިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކައި، އެކި ފަހަރު އެކި ގޮތަށް އަމަލު ކުރަންޏާ، ބޮޑު ގައުމަކަށް މީހުން ކުރާނެ އިތުބާރު ކޮބާ؟" ވަންގް ސުވާލު އުފެއްދެވިއެވެ.

"ޗައިނާގެ ނަން ގަނެވޭ ކޮންމެ ފަހަރަކު އެމެރިކާ އަށް ސިހުން ލިބޭ ނަމަ، އަމިއްލަ ނަފުސާމެދު ކުރެވޭ އިތުބާރު އޮތީ ކޮން ހިސާބެއްގައި؟" ވަންގް އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އޮތީ ޚުދު އެމެރިކާގެ އެތެރޭގައި" ކަމަށާއި "ޗައިނާގެ ކުރިއެރުމަށް ހުރަސް އަޅާ ނަމަ އެ ކަމުގެ އާޚިރު ގެއްލުން ލިބޭނީ ހަމައެކަނި އެމެރިކާއަށް" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *