...

Support Us

ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު އަނާރާ ކެމްޕޭނުގައި ހިންމަފުށީގައި

އަނާރާގެ ކެމްޕޭނުގައި ވަޒީރުން- "ސަރުކާރުން އިތުބާރުކުރަނީ އަޅުގަނޑަށް"

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. އަނާރާ ނައީމްގެ ކެންޕެއިންގައި ބައެއް ވަޒީރުންނާއި ސަރުުކާރުގެ އިސް ބައެއް ވެރިން ގެންދަވަނީ ބައިވެރިވެވަޑައިގެންނަވަމުންނެވެ. މިގޮތުން ކ. ހިންމަފުށީގައި ހޯމަ ދުވަހު ބޭއްވި ދޮރުންދޮރަށް ހިނގާލުމުގެ ހަރަކާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ މިނިސްޓަރު ހެރިންސް އަބްދުﷲ ނާސިރާއި ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހްތާޒު މުޙްސިން ހިމެނިވަޑައިގަތެވެ.

ޑރ. އާނާރާ އަކީ އަދާލަތު ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވައިގެން 18 ވަނަ މަޖިލިސްގެ މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، ގާނޫނީ އަދި ޝަރުއީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. މި ފަހަރުގެ އިންތިހާބުގައި ހުރާ ދާއިރާ އަށް ވާދަކުރާ އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު، އެންމެ އިލްމީ، އެންމެ ގާބިލް އަދި އެންމެ ތަޖުރިބާކާރު ކެންޑިޑޭޓަކީ ވެސް ޑރ. އަނާރާއެވެ. އަދި ފަސްބައިގައި ހަޑިކަމެއް ނެތް ބޭފުޅަކީ ވެސް ޑރ. އާނާރާއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އަނާރާ ތާއީދު ކުރައްވައި، ކެމްޕޭނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ. މިގޮތުން ޑރ. މުއިއްޒަށް ތާއީދު ކުރައްވައި އެކި ހަރަކާތްތައް އެކި ހިސާބުތަކުގައި އާނާރާ ކުރިއަށް ގެންދެވިއެވެ. އެއާއެކު ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އިތުބާރެއް އަނާރާއަށް ވަނީ ލިބިވަޑައިގެންފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވާން ފެށި ހިސާބުން އަނާރާ ވަނީ ޕީޕީއެމް/ ޕީއެންސީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ހުރާ ދާއިރާއަށް ކުރިމަތިލައްވައިފަ އެވެ. އެހެން ނަމަވެސް ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އަނާރާ މިވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ނިކުންނަވައިފަ އެވެ. ނަމަވެސް، ސަރުކާރުގެ ފުރިހަމަ ތާއީދާއެކުގައެވެ.

އަނާރާގެ ކެންޕެއިންގެ ތެރެއިން ވަޒީރުންނާއި ސަރުކާރުގެ އިސް އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފެނިގެން ދިއުން ވެގެން ގޮސްފައިވަނީ ބައެއް މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔަ ކަމަކަށެވެ. ނަމަވެސް ސަަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ވަޒީރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ކެންޑިޑޭޓަކީ އަނާރާ ކަމުގަ އެވެ. އަދި އަނާރާގެ ކެންޕެއިންތަކުގައި ބައިވެރިވެވަޑައިގެންނަވަނީ ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށެވެ.

ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު އަނާރާ ކެމްޕޭނުގައި ހިންމަފުށީގައި

އަނާރާ ވިދާޅުވި ގޮތުގައި ޕްރައިމަރީން ލިބިވަޑައިގެން ނާކާމިޔާބީ އަށް ފަހު އަމިއްލަ ގޮތުން ހުރާ ދާއިރާއަށް ކުރިމަތިލެއްވީ އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ ލޯތްބާއި އެދުމުގެ މަތިންނެވެ. އަދި ޕްރައިމަރީގައި ކަންތައްތައް ހިނގައިދިޔަ ގޮތާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންނަވާތީ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި އެހެން ކެންޑިޑޭޓަކު އެ ދާއިރާއަށް ކުރިމަތިލައިގެން އުޅެނިކޮށް، ސަރުކާރުން އަނާރާއަށް ތާއީދު ކުރަނީ ކީއްވެކަން އަނާރާ ވިދާޅުވެދެއްވި އެވެ.

ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު އަނާރާ ކެމްޕޭނުގައި ހިންމަފުށީގައި

"އަޅުގަނޑަކީ މި ވެރިކަން ގެނައުމަށް ބުރަކޮށް މަސައްކަތްތަކެއް ކުރި ފަރާތެއްކަން ރައީސް ޑރ. މުއިއްޒު ގަބޫލްފުޅު ކުރައްވާ. އަދި ސަރުކާރުން އަޅުގަނޑަށް އިތުބާރު ކުރާތީ ކަމަށް އަޅުގަނޑު ދެކެނީ އަޅުގަނޑުގެ ކެންޕެއިންގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނަވަނީ،" އަނާރާ ވިދާޅުވި އެވެ.

ހުރާ ދާއިރާއަށް މިހާތަަނަށް ކުރެއްވި ކެންޕެއިން ދަތުރުތަކުން ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޭނާއަށް އޮތްކަން ޔަގީންވެފައިވާ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އުއްމީދު އެބައޮތް ދާއިރާގެ ރައްޔިތުން އަޅުގަނޑު ހޮވާނެ ކަމުގެ،" އަނާރާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *