ލޮނދި ގޮނޑިޔަކު ވެޑުވެން ތޭ އެދިއެދި މަނިކުބެ ގޮވަނީ
ބަނދި ފަރިހިން ގުގުރި ޖަހާ ކެނދިކެނދި ލޯޑުން ގޮވަނީ
ލޮނދި ގޮނޑިޔަކު ވެޑުވެން ތޭ…؟
ޢުދުވަ މަހާ ސިންކު ވަމުން ކަދުރު ކުޅަނދު ގޮށި ބަހަނީ
ހަނދު ބައިލައި ތަރި ބައިލައި އަދި ދޭނަމެ ބުނެ ހިނގަނީ
ލޮނދި ގޮނޑިޔަކު ވެޑުވެން ތޭ…؟
ތަދަކު އަޅާނޭ ފިލަޔެއް ލަދަކައި ލައިގެން ނެތެނީ
އެދުމެކެ ހިތުގައި އޮވެގެން ވެދުމޭ ކުރަމުން ދުވަނީ
ލޮނދި ގޮނޑިޔަކު ވެޑުވެން ތޭ…؟
”ހިނދި ދިޔަވަރު އާނު މަތިން ވަދު ދެމިޔަސް ގަންނާނީ
ހަނދިމުޑަ ހާހުން ކަށަވަރު، އެދުވަސް އައްޔާ!“ ބުނަނީ
ލޮނދި ގޮނޑިޔަކު ވެޑުވެން ތޭ…؟
ބިނދިވަރަފައި ތިބި އެންމެން އަދި ދިރުވާނަމެ ކިޔަނީ
ކަނދި، ކުޅިމަސް، އެންމެންނަށް އެދުވަހު ދޭނަމެ ގޮވަނީ
ލޮނދި ގޮނޑިޔަކު ވެޑުވެން ތޭ…؟