Support Us

ހިޔަލަ

ހާސަރެއް މިފަހަރު ލިޔަން ފަށަނީ މިކަން އޮތް ގޮތް ބަލަން
ވާސައެއްގައި ދިރިއުޅޭ ހިޔަލައިގެ ސިފަ ރީއްޗަށް ބަލަން

ޖަންބު ގަސްދޮށުގައި ހުރީމޭ މާ ފޮޅޭ ތަންތަން ބަލަން
ޖަންބުގައި ދޫ ވެސް ލަމުން ބެލުނީ އެތާ އޮތް 'އަންބަލަން'

އެއް އަތުން އިއްސެއްގެ ގައިގައި ފިރުމަމުން އަސަރާއެކީ
ދެން ހުރީ ހިތިގަހުގެ ކައިރީގައި ދިމާ މައްޗަށް ބަލަން

ފަޅިވެގެން ދިޔަ ރީތި އަންނާރެއްގެ އޮށްތައް ފެނިލުމުން
ކަޅިޖަހައި ނުމެލައި ބަލަން ހުރެވުނު އަދައިގެން ރަހަބަލަން

މަޑުމަޑުން ނޭވާލަމުން ދިޔަ ވެލަޔަކަށް ކަޅިހުއްޓުމުން
ފަނޑު އަލީގެތެރޭން ކަރަށް ބޮސްދޭ ހިތޭވީ ގޮތް ބަލަން

ހެޔޮވަރުގެ ގިޔުޅެއް ފެނިއްޖޭ ބަޑިއަޅައި ޙަރަކާތްކުރާ
ކެޔޮޅަކަށް ނުގޮވައި ހުރީމޭ ދެން އެއަށް ވާ ގޮތް ބަލަން

އެންމެ ހިތްގައިމީ މަށަށް ގިޔުޅޭ ބުނަން މަޖުބޫރުވީ
ދެންމެ ދުށް ވެލައެއްގެ ކަރުގައި އަތްލެވޭތޯ ވެސް  ބަލަން

ދެން އައީ ލުއިލުއި ކުރަތްނގެއް ލޮލުގެ ކަޅިރަވަ ދައްކަމުން
އެން އަޅައިފައި އޮތް ދަލުން ކުދި މަސްކޮޅެއް ހޯދައި ބަލަން

ތިޔަ ލޮލާ މޫނާއި ކަނދުރާ ދަތްތަކާ އަތުކުރި ވިޔަސް
ހިޔަލައެއްގެ ތަސައްވުރޭ ފެންނަން ހުރީ އެންމެން ބަލަން

ސިފަކުރަން އުނދަގޫވެގެން މިވަނީ މަގޭ ޔާރާކަމުން
މި ފަހަރަށް ބާއްވައިލަމޭ "މާޒީ"ގެ ކޮށި ޢާޖިޒު ގަލަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *