Support Us

އިސްމާއިލް ރަޝީދު (ދޮން އިއްސެ) އެއަރޕޯޓުގައި މަސައްކަތްކުރަނީ 

އެއާޕޯޓް އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އައިސީޔޫގައި މަރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިދިޔަ ހޯމަ ދުވަހު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެމްއޭސީއެލްގެ މުވައްޒަފަށް އައިސުޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ފިހުނު އުމުރުން 46 އަހަރުގެ އިސްމާއިލް ރަޝީދު (ދޮން އިއްސެ) ނިޔާވީ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު 2:30 އެހާކަންހާއިރު ކަމަށެެވެ. އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 83 ޕަސަންޓު ވަނީ މުޅިން ފިހިފަ އެވެ.

އެއާ ޓެކްސީތަކަށް ތެޔޮއަޅާ ޓޭންކްތައް ބަހައްޓާފައި ހުންނަ ސަރަހައްދާ ކައިރީގައި އަލިފާން ރޯވެފައި -އަދިވެސް ފޮޓޯ

މި އަލިފާނުގެ ހާދިސާ ހިނގި ގޮތުގެ ތަހްގީގު އެމްއޭސީއެލް އިން ވަނީ ފަށައިފަ އެވެ. ނަމަވެސް އަދި މިހަތާނަށް ހާދިސާ ހިނގި ގޮތުގެ ތަފްސީލް ރިޕޯޓް ލިބިފައިނުވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އިސްމާއިލް ރަޝީދުގެ ޖަނާޒާ އޮންނާނީ މިއަދު ހަވީރު 5.30 ގައި އާސަހަރާގަ އެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އެއާ ޓެކްސީތަކަށް ތެޔޮއަޅާ ޓޭންކްތައް ބަހައްޓާފައި ހުންނަ ސަރަހައްދާ ކައިރީގައި ތެޔޮހޮޅިއެއް ވެލްޑް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *